March 23, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލް
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލް

މުއިއްޒު އުޅެނީ އެމްއޭސީއެލްގެ ދުވަސް ދުއްވާލަން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 17, 2024, 10:11 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ދުވަސް ދުއްވާލަން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޔޫތު މިނިސްޓްރީގައި އެތައް ދުވަހެއްގައި ސަސްޕެންޝަންގެ ނަމުގައި މުސާރަ ހިނގާ ގޮތަށް ބަހައްޓާފައި ހުރި މަރިޔަމް ޝިއުނާ އެމްއޭސީއެލްގެ ކޯޕަރޭޓޫ ކޮމިއުނޭޝަން (މީޑިޔާ)އަށް އައްޔަން ކުރި ކަމަށް ބުނާ އެކްސް ޕޯސްޓެއް ހިއްސާކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ޓިޖީއެސްޓީ ފަދަ ޓެކްސްތައް ބޮޑުކުރަން މަޖްބޫރުވަނީ ޝިއުނާ މެން ފަދަ މީސް މީހުންގެ މުސާރަ ހަމަޖެއްސުމަކަށް ކަމަށާ އެގޮތުން 25 އިން ސައްތައަށް ޓެކްސް ބޮޑުކޮށްގެން ނަމަވެސް ޝިއުނާމެންނަށް މުށަރަ ދެވޭނެ ގޮތަށް ހޯދަން ރައީސް މުއިއްޒަށް ޖެހިވަޑައިގެންފައިވާ ކަމަށެވެ.

މަލީހު ފާހަގަކުރެއްވި ގޮތުގައި އެއީ ވަރަށް ދެރަވަރުގެ ކަންކަން ކަމަށާ އެމްއޭސީއެލްއަކީ ޕްރޮފެޝަނަލްކޮށް ހިންގަމުން އައި ކުންފުންޏެއް ކަމަށާ ނަމަވެސް ރައީސް މުއިއްޒުގެ މިފަދަ ނިންމެވުމުންތަކުގެ ސަބަބުން އެ ކުންފުނީގެ ދުވަސް ދަނީ ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ޚަރަދު ކުޑަކުރުމުގެ ނަމުގައި 228 ސިޔާސީ މަގާމުން މީހުން ވަކިކުރާނެކަން ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވީ ނަމަވެސް ރައީސް މުއިއްޒު އަރިސް މީހުންނަށް މުސާރަ ލިބޭނެ ގޮތް ގޮތް ގެންދަނީ އަޑި އަޑިން ހަމަ ޖައްސަމުން ކަމަށް ސަރުކާރު ތެރެއިން އެކި ބޭފުޅުން ނުރުހުމާ އެކު ހާމަކުރަމުން ގެންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved