ތޮލާލް ގެ ގޭ ކައިރީ މުޒާހަރާ ކުރަނީ / އަދަދު
ހަބަރު
ސްޕޯޓްސް ކޮމިޝަނަރު ތޮލާލުގެ އިސްތިއުފާއަށް ގޮވައި މުޒާހަރާކޮށްފި
Aishath Naja
އައިޝަތު ނަޖާ
29 ޖެނުއަރީ 2024
މާލެ ސިޓީ

ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލުގެ އިސްތިއުފާއަށް ގޮވައި، ތޮލާލްގެ ގޭ ކައިރީގައި މުޒާހަރާއެއްކޮށްފި އެވެ.

ތޮލާލުގެ ގެ ކައިރީގައި މުޒާހަރާ ކުރި މީހުންގެ ތެރޭގައި ކްލަބް ވެލެންސިއާގެ ބައެއް ބޯޑު މެންބަރުންނާއި އާންމުން ވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މުޒާހަރާ ކުރި މީހުން ބުނަމުންދިޔައީ އެމީހުން މުޒާހަރާ ކުރަނީ ކްލަބުތަކަށް ނޭނގި ބޯޑު މެންބަރުން ބަދަލު ކުރުން ފަދަ ކަންކަން ކުރަމުންދާތީ ކަމަށެވެ.

އެގޮތުން ވެލެންސިއާގެ ބޯޑު "ވަގަށް ބަދަލުކޮށްފައިވާ" ކަމަށް މުޒާހަރާ ކުރި މީހުން ވަނީ ބުނެފައެވެ.

ވެލެންސިއާގެ އެކިއެކި މައްސަލަތަަކެއް ފެންމަތިވީ, މި މަހު 31 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައި އޮތް އެފްއޭއެމް އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން ކަމަށްވާ އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އަށް ވެސް ތާއީދު ސިޓީ ދިނުމުންކަން ފާހަގަކޮށްލެވެއެވެ.

ތޮލާލް އަށް އަންނަނީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved