March 15, 2026
Advertisement
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް / ސޯޝަލް މީޑިއާ

15 ދުވަސް ވެގެން ދިޔައިރު މާލީ ބަޣާވަތުގައި ތުހުމަތު ކުރެވޭ ވަރުގެ އެކަކުވެސް ނެތް!

Aishath Naja
އައިޝަތު ނަޖާ
Sep 11, 2024, 09:53 PM
މާލެ ސިޓީ

ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ނިންމުމަކީ ގެންނަން އުޅުނު މާލީ ބަޣާވާތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ އެކަމުގެ ތަހުގީގު ފެށުނު ފަހުން 15 ދުވަސް ވެގެން ދިޔައިރު، އެއްވެސް މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައި ނުވާކަން ހާމަވެއްޖެ އެވެ.

Advertisement

ބޭންކުން ބަޣާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26 ވީ ހޯމަ ދުވަހުގެ ރޭ އެވެ.

އެކަން ފުލުހުން އިއުލާނު ކުރީ ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ޖަލްސާގައި އެ ވާހަކަ ދައްކަމުން ދިޔަ ވަގުތުގައި އެވެ.

ރައީސް މުއިއްޒުގެ ވާހަކަތަކުން ހާމަވެގެންދިޔައީ މި ބަޣާވާތެއް ކުރަން އުޅުނީ އިދިކޮޅު އެމްޑީޕީ އާއި ބީއެމްއެލް ގުޅިގެންކަމެވެ.

އެހެން ނަމަވެސް ޖިނާއީ ބޮޑު ތުހުމަތެއް ކޮށްފައިވާއިރު ބީއެމްއެލްގެ އެއްވެސް ވެރިޔަކާ އަދި އެމްޑީޕީގެ ވެރިޔަކާ މިހާތަނަށް ސުވާލެއްގެ މިންވަރު ވެސް ކޮށްފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved