March 23, 2026
Advertisement
ނޫރު
ނޫރު / ތޭރަ އޮންލައިން

ރައީސް ޔާމީން ދެކެ "ޖެލަސް" ވާ މީހުން ގިނައީ އެމަނިކުފާނުގެ ގާބިލުކަމުން: ނޫރުﷲ ސައީދު

Aminath Zara
އައިމިނަތު ޒާރާ
Sep 13, 2024, 02:35 PM
މާލެ ސިޓީ

ރައީސް ޔާމީން އަބްދުﷲ ގައްޔޫމް އަކީ މި ރާއްޖެއަށް ތަރައްގީ ގެނެސްދެއްވި ފަރާތް ކަމާއި ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ އެ މަނިކުފާނު ބިނާކޮށްދެއްވި އިންފްރާސްޓްރަކްޗަރތައް ކަމަށް ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ މެންބަރު ނޫރުﷲ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ނޫރު ވިދާޅުވީ އެމަނިކުފާނު ދެކެ އެންމެން ޖެލަސްވެ، ރުޅި އަންނަނީ އެމަނިކުފާނަށްވުރެ ގާބިލު އެހެން މީހެއް ނެތުމުން ކަމަށެވެ.

އެމީހުން ރައީސް ޔާމީން ދެކެ ރުޅި އަންނަނީ ނުވަތަ ޖެލަސްވަނީ އެމީހުންނަށްވުރެ އެމަނިކުފާނު ގާބިލުވީމާ. ރައީސް ޔާމީންގެ ތަރައްގީ ބަލާލި ކޮންމެ ދިމާލަކުން މި ފެންނަނީ

ނޫރުﷲ ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ގައުމެއް ސައިޒުން ކުޑަވުމަކީ އެހެން ގައުމުތަކުގެ ކުރިމަތީގައި ކުޑަ ކަކޫ ޖަހަން ޖެހޭ ސަބަބެއް ނޫންކަމަށް ދައްކުވާދެއްވީ ރައީސް ޔާމީން ކަމަށް ނޫރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިފަހުން ރައްޔިތުންގެ ވާހަކަ އެއްވެސް ގޮތަކަށް ނުދައްކަވާ ކަމަށް ފާހަގަކޮށް މި ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ މަންފާ ނުވަތަ ފައިދާ ހޯދުންކަމަށް ނޫރު ސިފަކުރެއްވިއެވެ.

ދިވެހިރާއްޖެ މިހާރު އޮތް ހާލަތުން ރަނގަޅު ހިސާބަކަށް ގެންދެވޭނެ ހަމައެކަނި ފަރާތަކީ ރައީސް ޔާމީންކަމަށް ދިވެހި ހުރިހާ ރައްޔިތުން މިހާރު ގަބޫލުފުޅު ކުރައްވާނެކަމަށްވެސް ނޫރު ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved