March 23, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ޝިޔާމް އަދި ޣައްސާނަށް މުހިންމުވީ ވަޒީރުކަން، ޕީޕީއެމް އެއް ނޫން: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Sep 13, 2024, 04:39 AM
މާލެ ސިޓީ

ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ އަހުމަދު ޝިޔާމް އަދި ޣައްސާން މައުމޫން އަށް މުހިންމުވީ ވަޒީރުކަން ކަމަށާއި ޕީޕީއެމް އޮޔާ ވަޔާދިޔައިރު ވެސް އަޅާ ނުލެއްވީ އެ ސަބަބާހުރެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ އެއްވެސް ކެންޑިޑޭޓެއް ނުނެރުނީ ޕީއެންސީން ނޫނީ އެއްވެސް ކެންޑިޑޭޓެއް ނުނެރެން އަބްދުއްރަހީމް އަދި ރައީސް ޑރ މުހައްމަދު މުއިއްޒު އެންގުމުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނު ޕީޕީއެމްގައި ހުންނެވި އިރު ޕާޓީގެ އެސްޖީ އަކަށް ހުންނެވި ތޮލާލް ޕާޓީގެ ކަންކަމުގައި އުޅުއްވުމަށްވުރެ ބޮޑަށް ދިމްޔާތްގައި ހަރަކާތްތެރިވާން ޖެހުމުން ޕާޓީގެ ކަންކަން ކުރުމަށް ވަގުތީ އެސްޖީއަކަށް މަލީހް ހަމަ ޖެއްސުމުން މަލީހް ޕާޓީން ސަސްޕެންޑްކޮށް ފިޔަވަޅު އަޅަން ފޮނުވި ސިޓީގައި ޝިޔާމް އަދި ޣައްސާން ސޮއިކުރުމުން ދޭހަވީ އެމަނިކުފާނުގެ ނިންމުމަށް އިހުތިރާމް ނުކުރާ މިންވަރު ހާމަވިކަމަށެވެ.

އެސްޖީކަން ވަގުތީގޮތުން ހަވާލު ކުރީ މަލީހުއާ. މަލީހުމެން އޭރު އެތަނަށް އައިސް އުޅުނީ. ހަވާލުކުރީމާ މަލީހް މަގާމުން ވަކިކުރުމާއެކީ މަލީހް ޕާޓީންވެސް ވަކިކޮށް، މިހިސާބަށް ކަންތައްތައް ދުއްވާލި. އަދި އެ މައްސަލަ ވެއްދީވެސް ޝިޔާމްއާއި ޣައްސާން ގެ ސޮއިކޮށްފައި

ރައީސް ޔާމީން ވިދާޅުވިއެވެ.

މަލީހް މަގާމުން ވަކިކޮށް ސުލޫކީ ކޮމިޓީއިން މައްސަލަ ބަލަން ފެށީމާ އިހުސާސްވީ ޕީޕީއެމްގައި ލިޔެވިފައިވާ ގަވައިދު ދެން ހިފަހައްޓާނީ އެ މިންވަރަށްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ޕީޕީއެމްގެ ލިޔެވިފައިވާ އުސޫލްތަކާ، ޕީޕީއެމްގެ ފަލްސަފާއާއި އެއްގޮތައް އެއްވެސް ނުކުރެވޭނެކަން އިހުސާސްވުމުން ދެން ޕީޕީއެމްގައި އިތުރަށް ހުންނަން ބޭނުން ނުވީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved