އިންޑިއާގެ ހޮސްޕިޓަލްތަކުން އަމިއްލައަށް އިސްނަގައިގެން ރާއްޖޭގެ އާސަންދަ ހުއްޓާލާނީ ނުވަތަ ޑިސްކޮންޓިނިއު ކުރާނީ ދައްކަން މިހާރު ހުރި ލާރިތައް ދެއްކޭނެ ކަމަށް ރާއްޖޭގެ ސަރުކާރަށް އެއްވެސް އިތުބާރެއް އަދި އެވަރުގެ ލިކިއުޑިޓީއެއް ހުރި ކަމަށް އެ ބޭފުޅުންނަށް ގަބޫލުފުޅު ނުކުރެއްވޭތީ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދެ ހަފްތާ ކުރިން ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވާއިރު މި ހަފްތާ ތެރޭގައި މޫޑީސް އިންވެސް ވަނީ ރާއްޖެ ޑައުންގްރޭޑް ކޮށްފައިވާ ކަމަށެވެ.
އެންމެ ވަރުގަދަ ބޮޑެތި ތަންތަނުން ރާއްޖޭ ޑައުންގްރޭޑް ކުރާނީ ރާއްޖޭގެ އިގްތިސާދީ ހަކަތަ ދަށްވެ، އެމީހުންނަށް އެއްވެސް އިތުބާރެއް މި ގައުމުގެ އިންވެސްޓްމަންޓް ތަކުން ފައިދާއެއް ވެދާނެ ކަމަށް ނުވަތަ ލޯނެއް ނަގައިފި ކަމުގައިވާނަމަ އެ ލޯނު ރާއްޖެއަށް އަދާކުރެވޭނެ ޔަގީން ކަމެއް ނެތުމުންނެވެ.
ގައުމު މި އޮތް ހާލަތުން އަރައިގަނެވޭނެ ހަކަތައެއް ނުވަތަ ކެޕޭސިޓީއެއް މި ސަރުކާރުގެ ނެތް ކަމަށް ރައީސް ޔާމީންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެ ދުވަހަކުވެސް ވެއްޓިފައިނުވާ ބޮޑު އަރައިގަންނަން އުނދަގޫ ވަޅުގަނޑަކަށް މި ސަރުކާރުން ރާއްޖެ ވައްޓާލާފައިވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.