ޒަކާތުފ ފައިސާ ބެހުމުގެ ތެރެއިން / އިސްލާމިކް މިނިސްޓްރީ
ހަބަރު
މުދަލުގެ ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް ބަހަން ފަށައިފި
Aminath Zara
އައިމިނަތު ޒާރާ
14 ސެޕްޓެމްބަރު 2024
މާލެ ސިޓީ

މުދަލުގެ ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބަހަން ފަށައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މި އަހަރަކީ މުދަލުގެ ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް ސީދާ ގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރުކަން މި ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މިގޮތުން، މި އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި މާލެއާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް، ބޮލަކަށް 4000 ރުފިޔާ ޒަކާތުގެ ގޮތުގައި ބަހާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފާއިތުވި އަހަރުގައި ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަކުގެ ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި ބަހާފައިވަނީ 3000 ރުފިޔާއެވެ.

މީގެ އިތުރުން، މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16،781،610.99 ރުފިޔާ ދޫކޮށްފައިވާ ކަން އިސްލާމިކް މިނިސްޓްރީގެ ސްޓެޓިސްޓިކްތަކުން ހާމަވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުތައް
ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved