April 3, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް / ތޭރަ އޮންލައިން

ހަރާން ހުކުމް ކުރި މީހުންނަށް ފިޔަވަޅު އެޅުން މިއަދު އޮތީ ރައީސް މުއިއްޒުގެ އަތްމަތީ: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Sep 17, 2024, 03:31 AM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ ހަރާން ހުކުމޭ، އެހެންކަމުން އެ ހަރާން ހުކުމް ކުރި މީހުންނަށް ފިޔަވަޅު އެޅުން މިއަދު އޮތީ އެމަނިކުފާނުގެ އަތުގައި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ކުރީ ސަރުކާރުން ރައީސް ޔާމީންގެ މައްޗައް އިއްވީ ހަރާން ހުކުމެއް ކަމަށް ރައީސް މުއިއްޒު އޭރު އިދިކޮޅުގައި އޮންނަވާ ވިދާޅުވި އިރު މި ހަރާން ހުކުމް ކުރި ފަރާތްތަކަށް ފިޔަވަޅު އެޅުން އޮތީ ރައީސް މުއިއްޒުގެ އަތްމަތީގައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުރީ އަލީ ރަޝީދުކަމަށާއި އެންމެ ފުރަތަމަ ހުކުމް ޖެހީ އޭނާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ހުކުމް ޖަހާ ނިންމިއިރު މައްސަލަ ސާފުކުރުމަށް އަލީ ރަޝީދު ކުރި އެއްވެސް މަސައްކަތެއް ނެތް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

ޖޭއެސްސީ، ރައްޔިތުންގެ މަޖިލިސް އަދި ވެރިކަން، ހުރިހާ ގޮތެއް މިއަދު މި ސަރުކާރުގެ ވެރިންގެ އަތުގައި އޮތް އިރު އޭރު ހަރާންހުކުމް ކުރި ފަރާތްތަކަށް ފިޔަވަޅު ނޭޅި ފަހަތު ފަޔަަށް ބުރަވަނީ ކީއްވެތޯ ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ.

އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުރީ އަލީ ރަޝީދު. އަލީ ރަޝީދު ހުރެގެން އަޅުގަނޑަށް އެންމެ ފުރަތަމަ ހުކުމް ކުރީ. މައްސަލަ ސާފުކުރުމަށް އަލީ ރަޝީދު ކުރި އެއްވެސް މަސައްކަތެއް ނެތް

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދަޅުވީ ދިވެހިރާއްޖޭގެ ހުރިހާ ގާނޫނުތަކެއް ވެސް ހަދާފައި ހުރީ ކުށެއްގައި ތުހުމަތު ކުރެވޭ މީހާއި އަދި އޭނާގެ މައްޗައް ކުށް ސާބިތު ނުވިނަމަވެސް ގާނޫނު އަސާސީގައި ކިތަންމެ ވަރުގަދަ އިމްތިޔާޒްތަކާއި ހައްގުތަކާއި ދިފާއިކަމަށެވެ.

އެހެންނަމަވެސް އޭނާއާ ދެކޮޅަށް ހެއްކާއި ގަރީނަ ކިތަންމެ ވަރަކަށް އޮތަސް ތުހުމަތު ކުރެވިއްޖާ ސަލާމަތް ވާނެ ގޮތެއް ނޯންނަކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved