މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ޚާއްޞަ އިންސްޕެކްޝަނެއްގައި މާލެ ސަރަހައްދުގެ ސެލޫން އަދި ސްޕާތަކުން ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 7 ބިދޭސީ އަންހެނުން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަން އިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ ހިންގުނު މި އިންސްޕެކްޝަނަކީ މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ޤާނޫނާ އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭބިދޭސީންތޯ ބެލުމަށް ހިންގުނު ޚާއްޞަ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި ޖުމްލަ 22 ތަނެއް ބަލައި ފާސްކުރެވު ކަމަށާ އަދި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 7 ބިދޭސީ އަންހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން، ވަޒީފާދިން ފަރާތްތަކުގެ ތެރެއިން 7 ފަރާތަކަށް ވަނީ ނޯޓިސް ދެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ޤާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އިއްޔެ ވަނީ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައި.
— Maldives Immigration (@ImmigrationMV) September 19, 2024
އެގޮތުން، ޖުމްލަ 22 ތަނެއް ބަލައި… pic.twitter.com/euOkQcjblo