March 19, 2026
Advertisement
ހަމަލާގެ ތެރެއިން
ހަމަލާގެ ތެރެއިން / ސީ.އެން.އެން

ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދިން ހަމަލާއެއްގައި ހަނގުރާމަވެރި ޖަމާއަތުގެ ކޮމާންޑަރަކު މަރާލި ކަމަށް ސަހްޔޫނީން ބުނެފި

Aminath Zara
އައިމިނަތު ޒާރާ
Sep 21, 2024, 04:28 PM
މާލެ ސިޓީ

ސަހްޔޫނީންގެ އަސްކަރިއްޔާއިން ލުބުނާނުގެ އަވަށަކަށް ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް ދީފައިވަނީ އެ ގައުމުގައި ހަފުތާއެއްހާ ދުވަހު ދިން ނުރައްކާތެރި ހަމަލާތަކަށް ފަހު، ލުބުނާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުاللهއާ ދެމެދު ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން ހިނގަމުންދާ ހަނގުރާމަތައް ވަރުގަދަވެފައި ވަނިކޮށެވެ.

Advertisement

ލުބުނާނުގެ ސިއްހަތާ ބެހޭ އިދާރާތަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާގައި ނުވަ މީހުން މަރުވެ، ގާތްގަނޑަކަށް 60 މީހުން ޒަހަމްވެފައިވެ އެވެ.

ސަހްޔޫނީންގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދުރައި ވިދާޅުވީ މި ހަމަލާގައި ހިޒްބުاللهގެ އެލީޓް ރަދުވާން ފޯސްގެ ވެރިޔާ އިބްރާހިމް އަކިލްގެ އިތުރުން ހިޒްބުاللهގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް މަރާލާފައިވާ ކަމަށެވެ. ނަމަވެސް ހިޒްބުالله އިން ފާޅުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހަމަލާ ދީފައިވަނީ ލުބުނާން އިން ސަހްޔޫނީންގެ އުތުރުގެ ސަރަހައްދަށް 140 ރޮކެޓް ހަމަލާދީ، ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް ދެ ފަރާތުން އެތައް މިސައިލެއްގެ ހަމަލާތައް ބަދަލުކުރި ފަހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved