April 7, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ބަންކަރިން ހިދުމަތުން ރާއްޖެއަށް ދެކޮޅު ޖެހޭނެ އާމްދަނީއެއް ނުލިބޭނެ: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Sep 21, 2024, 12:59 AM
މާލެ ސިޓީ

ބަންކަރިން ހިދުމަތުން ރާއްޖެއަށް  ދެކޮޅުޖެހޭނެ އާމްދަނީއެއް ނުލިބޭނެ ކަމަށާއި އޭގެ ހަގީގީ ފައިދާ ލިބޭނީ މި މަޝްރޫއު ހިންގަން އެސްޓީއޯއާ ބައިވެރިވި ބޭރުގެ ކުންފުނި ވިޓޯލް އަށް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވިޓޯލްއިން ރާއްޖޭގައި ބަންކަރިން ހިދުމަތް ދެނީ އެމީހުންގެ އަމިއްލަ ތެޔޮ ވިއްކައިގެން ކަމަށާއި އެއީ ރާއްޖޭގެ ނުވަތަ އެސްޓީއޯގެ އަމިއްލަ ތެލެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން މިސާލެއްގެ ގޮތުގައި ވިޓޯލްއިން 100 މިލިއަން ޑޮލަރު ލިބުނަސް ރާއްޖެއަށް ލިބޭނީ އޭގެ ކުޑަކުޑަ ނިސްބަތެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެއީ ވިޓޯލްގެ ތެޔޮ، އޭގެ %90 ނުވަތަ %95 ނަގާނީ އެމީހުން. އެމީހުންނަށް ލިބެނީ 100 މިލިއަން ޑޮލަރު ކަމަށްވަންޏާ އޭގެ %5އަކީ، 5 މިލިއަން ޑޮލަރު

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިތުރުން ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒް (ޕާޕާ) ވެސް ވަނީ ބަންކަރިންގެ މަޝްރޫއުގެ ފަހަތުގައި އޮތީ 'ވައްކަމާއި އޮޅުވާލުން' ކަމަށް ތުހުމަތުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved