ރައީސް ޔާމީން / ތޭރަގްރެފިކްސް
ސިޔާސީ
ފަލަސްތީނުގެ ނަސްލު ނައްތާލައި ނިމޭއިރު ސަހްޔޫނީންގެ ޕާސްޕޯޓު ރާއްޖޭގައި މަނާކޮށްފާނެ: ރައީސް ޔާމީން
Aishath Naja
އައިޝަތު ނަޖާ
20 ސެޕްޓެމްބަރު 2024
މާލެ ސިޓީ

ފަލަސްތީނުގެ ރައްޔިތުން ނައްތާލުމުން ދިވެހި ސަރުކާރުން ސަހްޔޫނީންގެ ޕާސްޕޯޓު މަނާކޮށްފާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފަނު ވިދާޅުވީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ނުކުރުމުގެ އުޒުރަކަށް މި ސަރުކާރުން ދައްކަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތު ކަމަށެވެ.

ނަމަވެސް އެ އިޖުރާއަތުތައް އޮއްވައި، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ކުންފުނީގެ ގާނޫނަށް ކުޑަ އިސްލާހެއް ގެނެއިކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.

އެއްކޮޅުން އަޅުގަނޑުމެން މި ބުނަނީ އިސްލާމީ ދައުލަތެއް ނޫން ނަމަ އިސްލާމީ ނަސްލެއް ނައްތާލަނީއޭ. މިކޮޅުގައި މި ތިބީ އިޖުރާއަތުގައި އަޅައިގަނެފައި. ނަސްލު ނައްތާލައި ނިމޭއިރު އިޖުރާއަތުން ޖާގަ ލިބޭ ދުވަހަކުން ﷲ ގެ ރަހުމަތުން ތިކަން ފާސްވާނެ ކަންނޭނގެ

- ރައީސް ޔާމީން ވިދަޅުވިއެވެ.

އެގޮތުން ސަހްޔޫނީންގެ ޕާސްޕޯޓް މަނާނުކުރެވިގެން މިއުޅެނީ މަޖިލީހުގެ ކޮންފަދަ ބޮޑު އިޖުރާއަތްތަކެއް އޮންނާތީތޯ އައްސަވާ ރައީސް ޔާމީން ވަނީ ވަރުގަދަ ސުވާލެއް އަމާޒުކުރައްވާފައެވެ. ޕާސްޕޯޓް މަނާނުކޮށް ޕިޖަން ހޯލްކޮށްފައި އޮންނަތާ 4 މަސްވެއްޖެ ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދައުރުން ބޭރުން މަޖިލީހުގެ ފުރަތަަމަ ޖަލްސާ ބާއްވާ ޕްރޮސެކިޔުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވުނުކަމަށާއި ދެވަނަ ޖަލްސާ ބާއްވާ ކުންފުނި ގާނޫނަށް އިސްލާހް ގެނެވުނުކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved