May 27, 2026
Advertisement
މަހާސިންތާގެ ތެރެއިން
މަހާސިންތާގެ ތެރެއިން / އިސްލާމިކް މިނިސްޓްރީ

އިމާމުންގެ މަހާސިންތާ ފެށިގެން ކުރިއަށްދަނީ

Aminath Zara
އައިމިނަތު ޒާރާ
Sep 21, 2024, 07:27 PM
މާލެ ސިޓީ

500 އިމާމުންނާއި އެކު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިމާމުންގެ މަހާސިންތާ ފަށައިފިއެވެ.

Advertisement

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މަހާސިންތާގައި މިސްކިތްތަކުގެ 208 އިމާމަކު ބައިވެރިވެފައިވާއިރު، އޮންލައިންކޮށް 300 އިމާމުން ވަނީ ބައިވެރިވެފައެވެ.

މި މަހާސިންތާގައި ތަޖުވީދު އިލްމު، ތަފްސީރު، ފިގްހު، ހަދީސް، އަގީދާ، އިލްމީ މައުލޫމާރު، އިމާމުން އިތުރަށް ތާޒާ ކުރުމުގެ އިތުރުން މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އިމާމުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތު އަދާ ކުރުމުގައި ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި މަހާސިންތައަކީ ވަރަށް ބޮޑު ހެޔޮކަމެއްގެ ފެށުން ކަމަށާއި މަހާސިންތާގައި މަޝްވަރާ ކުރެވިގެން ނިމިގެންދާ ކަންކަންތައްތައް ލަސްތަކެއް ނުވެ ތަންފީޒު ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، އިމާމުންގެ އޮނިގަނޑުގެ މައުލޫމާތު ވެސް މިނިސްޓަރ ވަނީ ހިއްސާކޮށްފައެވެ.

މި މަހާސިންތާގައި ސަރުކާރުން އަލަށް ފެށި ޒުވާން ހަތީބުން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވަ ޒުވާން ހަތީބުން ބައިވެރިވާތީ މިނިސްޓަރ ވަނީ އެކަން ވަކިން ހާއްސަކޮށް ފާހަގަ ކޮށްފައެވެ. އަދި އެކަމުން އެނގިގެން ދަނީ ރާއްޖޭގެ މުސްތަގުބަލު އުޖާލާވާނެ ކަމުގެ ހެއްކެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved