March 13, 2026
Advertisement
އިބްރާހީމް އަބާން
އިބްރާހީމް އަބާން / ސޯޝަލް މީޑިއާ

ރައީސް މުއިއްޒުގެ ފަހަތްޕުޅުން ރައީސް އޮފީސް ބޭފުޅުންވެސް ސަހްޔޫނީންގެ އުފެއްދުންތައް ޕްރޮމޯޓް ކުރަނީ

Aminath Zara
އައިމިނަތު ޒާރާ
Sep 21, 2024, 11:17 PM
މާލެ ސިޓީ

އދގެ 79 ވަނަ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެން ދުބާއި އެއާޕޯޓްގައި ޓްރާންސިޓް ކުރައްވައިގެން އިނދެ "ކޮސްޓާރ" ބްރޭންޑްގެ ކޮފީއެއް ބޯ މަންޒަރުގެ ވީޑިޔޯއާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފައިވަނިކޮށް މުއިއްޒުގެ އަންޑަސެކްރަޓަރީ އިބްރާހީމް އަބާން އަބްދުލް ލަތީފްވެސް ސަހްޔޫނީންނަށް ވާގިވެރިވާ އުފެއްދުމެއް ޕްރޮމޯޓް ކޮށްފިއެވެ.

Advertisement

މިގޮތުން އަބާންގެ އިންސްޓަގްރާމް ސްޓޯރީގައި ސަހްޔޫނީންނަށް ވާގިވެރިވާ "ސްޓާބަކްސް" ގެ އުފެއްދުމެއްގެ ފޮޓޯ ވަނީ ހިއްސާކޮށްފައެވެ. ނަމަވެސް މީސްމީޑިޔާގައި ގިނަ ބަޔަކު ރައީސް މުއިއްޒުގެ އިތުރުން އަބާން އަށް ފާޑުކިޔަމުން އައުމުގެ ސަބަބުން އެ ފޮޓޯވަނީ މިހާރު ޑިލީޓްކޮށްފައެވެ.

ދިވެހިން މެދުކެނޑުމެއްނެތި ސަހްޔޫނީންނަށް ވާގިވެރިވާ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލަމުން އަންނައިރު ގައުމުގެ ވެރިމީހާގެ އިތުރުން އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ފަރާތުން ފެނިގެންދަނީ ވަރަށްވެސް ދަށު ދަރަޖައިގެ މަންޒަރުތަކެވެ.

މުސްލިމް އުއްމަތެއް ނެތިކުރަމުން ދާއިރު، މުސްލިމު ގައުމެއްގެ ހައިސިއްޔަތުން އެ ފަދަ ގައުމަކާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ކެރިވަޑައިނުގަތް އެ ފަރާތްތަކަށް ވާގިވެރިވާ ކުންފުނިތަކާއި އަދު ގައުމުތަކާއި ގުޅުން ބަދަހިކުރަމުން އަންނަ މަންޒަރު ދަނީ ފެންނަމުންނެވެ.

އަބާން ހިއްސާ ކޮށްފައިވާ ފޮޓޯ
އަބާން ހިއްސާ ކޮށްފައިވާ ފޮޓޯ
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved