April 10, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައީސް ޔާމީން ސަރުކާރަށް: އިދިކޮޅުގައި އޮވެ ވަކާލާތު ކުރި ހުރިހާކަމެއް ފުރިހަމަވެއްޖެތޯ؟

Aishath Naja
އައިޝަތު ނަޖާ
Sep 22, 2024, 06:14 PM
މާލެ ސިޓީ

ނިމދިޔަ ފަސް އަހަރު މަގުމަތީގައި ތިބެ މުޒާހަރާ ކުރި ފަރާތްތައް މިއަދު ސަރުކާރުގައި ތިބެ އަނެއްކާ ދެން މަގުމައްޗަކަށް ނުނިކުމެވޭނެކަމަށް ބުނުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އިދިކޮޅުގައި އޮންނަވާ ވަކާލާތު ކުރި އެއްކަމެއް ވެސް ފުރިހަމަވެފައި ނުވާއިރު ހަމަގައިމުވެސް މިއަދު ސަރުކާރުގައި ތިބީ މަގުމަތީ އެކަންކަމާ އެންމެ ބޮޑަށް ވަކާލާތު ކުރި ފަރާތްތައްކަމަށެވެ. އެހެންކަމުން އެެއްވެސް ކަމެއް ބަދަލުނުވެ އޮންނަ އޮތުމަކީ ހަގީގަތުގައި ބަލައިގަންނަން ދަތި ކަމެއްކަމަށެވެ.

އޭރުވެސް މަގުމައްޗައް ނިކުމެ މަސައްކަތް ކުރީ ރައްޔިތުންގެ ހައްގުގައި ކަމަށްވާއިރު މިއަދު ވެރިކަމުގައި ތިބެ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ކުރަންވީމާ ފަހަތު ފަޔަށް ބުރަ ވަނީ ކީއްވެތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

އޭރު އަޅުގަނޑުމެން މަގުމަތީ ތިބީ، ދިވެހިރައްޔިތުންގެ ހައްގުތަކެއް ހޯދާށޭ، ދިވެހި ދައުލަތުގެ ހައްގުތަކެއް ހޯދާށޭ، ދިވެހިރާއްޖޭގައި ގެއްލިގެންދާ ކަމެއް ގެއްލުނަ ނުދިނުމައްޓަކައި ނޫނީ އަނބުރާ އިއާދަކުރުމަށްޓަކައި

ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެއިތުރުން އޭރު މަގުމައްޗައް ނިކުމެ ވަކާލާތު ކުރީ ވިއްކާލި ކަނޑު އަނބުރާ ހޯދުމަށާ، ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިޔާގެ ސިފައިން ބޭރުކުރުމަށްކަމަށާ، އިންޑިޔާ އާއެކު ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަނުކޮށްގެން ކަމަށް ވާއިރު މިއަދު މިއިން އެއްވެސް ކަމެއް ފުރިހަމަވެފައި ނުވާތީ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved