March 13, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

ރައީސްގެ ދަތުރުފުޅުން ފެނިވަޑައިގަންނަވަނީ އާދަޔާޚިލާފަށް ހައިރާންކުރުވަނިވި ކަންކަން: މަލީހް

Aminath Zara
އައިމިނަތު ޒާރާ
Sep 23, 2024, 02:09 PM
މާލެ ސިޓީ

އދ ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އާދަޔާ ޚިލާފަށް ހައިރާންކުރުވަނިވި ކަންތައްތައް ފާހަގަވާ ކަމަށް ބުނެ ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މިގޮތުން މަލީހް އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި މިއީ މުއިއްޒު ޔޫ.އެސް އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒުއާއި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ ސަހްޔޫނީންނަށް ވާގިވެރިވާ ވިޔަފާރިތަކުގެ އުފެއްދުންތައް ބޭނުންކުރާ މަންޒަރުގެ ވީޑިއޯ އާއި ފޮޓޯތައް ވަނީ ސޯޝަލް މީޑިޔާގައި ދައުރުވެފައެވެ.

މީގެ އިތުރުން، މުއިއްޒު ޕީއެސްއެމްގެ ކުރިމަތީ ނޫސްވެރިއެއްގެ ރޯލު ކުޅެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މި ދަތުރާއި ގުޅިގެން ސަރުކާރަށާއި ޚާއްސަކޮށް މުއިއްޒުއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަރަ މޯދީވެސް ޔޫއެސް އަށް މި ބައްދަލުވުމުގައި ބައިވެރިވުމަށް ދަތުރުކުރައްވާފައިވާ އިރު ދެ ގައުމުގެ ދެ ރައީސުންގެ އަމަލު ހުރި ގޮތާއި މެދުވެސް ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވެއެވެ.

މަލީހްގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ބްރޭކެއް ނަންގަވާ ޔޫއެސްގެ ތަންތަން ބައްލަވާލެއްވުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved