

އުމްރާގެ އަޅުކަމަށް ސެޕްޓެމްބަރ 20 ވަނަ ދުވަހު ދަތުރުކުރި ދިވެހި ފިރިހެނެއް ނިޔާވެއްޖެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ޏ.ފޯއްމުލަކަށް ނިސްބަތްވާ 69 އަހަރުގެ ހުސައިން ފުތާއެވެ.
ހުސައިން ނިޔާވެފައިވަނީ އުމްރާކޮށްނިމިގެން ވަކިން އެކަނި ޙަރަމަށް ގޮސް ހުއްޓާ ކަމަށް މައުލޫމާތު ލިބެއެވެ.
މިގޮތުން އޭނާ އެކަނި ދިޔަގޮތަށް ހޮޓަލަށް ނައިސް ލަސްވެގެން ހަވާލުވެގެން ދިޔަފަރާތުން ގްރޫޕުގެ ސަމާލުކަމަށް ގެނައުމާއިއެކު، ހަމައެވަގުތު ގްރޫޕުގެ ފަރާތު ސައުދީގެ އެޖެންޓަށާއި ޙަރަމްގެ ޕޮލިހުންނަށް އަންގައި ޙުސައިން ފުތާ ހޯދުމުގެ މަސައްކަތް ފަށައިފައިވެއެވެ.