

ބާރަށު ދާއިރާ މެމްބަރު އިބްރާހިމު ޝުޖާއުގެ ރާގު ބަދަލުވެގެން އުޅުއްވަނީ ސަރުކާރުން ލިބޭ ޕްރޮޖެކްޓްތައް ހުއްޓިދާނެތީކަމަށް ޕީއެންްއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ ޝުޖާއު ކުރެއްވި ޓްވީޓަކަށް ހާޒިރު ޖަވާބު ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝުޖާއު ވަނީ ރައީސް އަބްދުﷲ ޔާމީންއަކީ ކަންނެތް ބޭފުޅެއް ކަމަށް ވިދާޅުވެ އދ ގެ ތަގުރީރުކުރައްވަން އެމަނިކުފާޏު ވަޑައިނުގެންނެވީ އެހެންވެ ކަމަށް ވިދާޅޔުވެ އެކްގައި ޕޯސްޓުކޮށްފައެވެ.
އެ ވާހަކައަށް ރައްދު ދެއްވާ މަލީހު ވިދާޅުވީ، މީގެ ކުރިން ރައީސް ޔާމީން ވަރެއް ނެތިގެން އުޅުނު ޝުޖާއުގެ ރާގު މިހާރު ބަދަލުވެގެން އުޅެނީ ސަރުކާރުގެ ތެރެއިން ލިބެމުންދާ އެކި އެކި މަންފާ ނުލިބިދާނެތީ ކަމަށެވެ.
ބާރަށު މެމްބަރު ސުޖާޢުގެ ރާގު ބަދަލުވެގެން އުޅުއްވަނީ ސަރުކާރުން ލިބޭ ޕްރޮޖެކްޓްތައް ހުއްޓިދާނެތީ. ޝުޖާޢުއަށް އަދުރޭއާއި ރައީސް މުއިއްޒުވެސް އިތުބާރު ނުކުރޭ. އެހެންވީމަ ޕީއެންސީ ޕީޖީ ލީޑަރުކަންވެސް ނުދީ ފަލާހަށް ދިނީ. ޝުޖާޢުއަކީ ޕީޕީއެމް ޑޭޓާ ބޭސް އެމްޑީޕީއަށް ވިއްކި ޚާއިނެއް. https://t.co/FojoOcbmzw
— Mohamed Maleeh Jamal (@maleehjamal) September 23, 2024
މީގެ އިތުރުން ޝުޖާޢުއަކީ އަދުރޭއާއި ރައީސް މުއިއްޒުގެ ވެސް އިތުބާރު އޮތް މީހެއް ނޫންކަމަށް ވިދާޅުވެ މަލީހު ވިދާޅުވީ އެކަމުގެ ހެއްކަކީ މަޖިލީހުގެ ޕީއެންސީ ޕީޖީ ލީޑަރުކަންވެސް ޝުޖާއު ނުދީ ފަލާހަށް ދިނުން ކަމަށެވެ.
މަލީހުގެ ޕޯސްޓު ނިންމާލައްވާފައިވަނީ ޝުޖާޢުއަކީ ޕީޕީއެމް ޑޭޓާ ބޭސް އެމްޑީޕީއަށް ވިއްކި ޚާއިނެއް ކަމަށް ވިދާޅުވެއެވެ.