March 13, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ޝުޖާއު އުޅެނީ އަވަސްއަރުވާލައިގެން ވެހޭތާ ފެން ނަގަން: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Sep 24, 2024, 02:04 AM
މާލެ ސިޓީ

ހުޅުމާލޭގެ ބިންތައް ބިޑަކާ ނުލައި ސަރުކާރަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ނަންގަވައިގެން އުޅޭކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ތުހުމަތު ކުރައްވައިފި އެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޑރ ޖަމީލް އިތުރަށް ވިދާޅުވީ މަގާމުގެ ނާޖާއިޒު ނުފޫޒު އޭގެ އެންމެ ފުންމިނަށް ބޭނުންކޮށްގެން ސިއްރު ސިއްރުން، ނުވަތަ ވަކި އަމިއްލަ ގޮތަކުން ހުޅުމާލޭގެ ބިންތައް ބިޑަކާ ނުލައި ވެރިކަން ކުރާ ޕީއެންސީގެ ބޮޑުން ޖަހައިގަންނަ ކަމަށެވެ.

އެގޮތުން އެކަން ކުރުމަށްް މިފަހަރު އެންމެ ކުރީގައި ހުންނެވީ ޝުޖާ ކަމަށް ވިދާޅުވެ، ޝުޖާ އުޅެނީ ވަރަށް އަވަސް އަރުވާލާފައި ވެހޭތާ ފެންނަގަންކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

އޭގެއިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުގެ އަންހެނުންނަށްވެސް ގޯއްޗެއް ދީފައިވާކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

މިއީ ކޮރަޕްޝަންކަމަށް ވިދާޅުވެ މިކަން ތަހުގީގު ކުރެއްވުމަށް ޑރ ޖަމީލް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގޮވާލާފައެވެ.

ރައީސް މުއިއްޒުގެ ވެރިކަން މިވީ ވައްކަން އިތުރު ގިޔަރަކަށް ޖައްސާލި ސަރުކާރަކަށް ކަމަށް ވިދާޅުވެ އެމީހަކަށް ހެދުނު އެއްޗެއް ހަދަން ލައިސަންސް ދީފައިވާ ކަމަށް ވެސް ޑރ ޖަމީލް ވަނީ ތުހުމަތު ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved