March 12, 2026
Advertisement
ހަމަލާތުގެ ތެރެއިން
ހަމަލާތުގެ ތެރެއިން / ސޯޝަލް މީޑިއާ

ލުބްނާނަށް ސަހްޔޫނީންގެ ގިނަ ހަމަލާތަކެއް މިއަދު އަމާޒުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Sep 24, 2024, 02:34 AM
މާލެ ސިޓީ

ސަހްޔޫނީން ލުބުނާނުގެ އެކި ސަރަހައްދުތަކަށް މިއަދު ހެނދުނުއްސުރެ ގިނަ ހަމަލާތަކެއް ދީ މި ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެއްޖެ އެވެ.

Advertisement

ލުބުނާނުގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ ލުބުނާނުގެ އެކި ސަރަހައްދުތަކަށް ސަހްޔޫނީންގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި މިހާތަނަށް 50 މީހަކު ޝަހީދުވެފައިވެއެވެ. އަދި 300 އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަހަމްވެފައި އެވެ.

މީގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތަށްވެސް ވެސް ހިމެނޭ ކަމަށް ލުބުނާނުގެ ސިއްހީ ވުޒާރާއިން ބުނެއެވެ.

ސަހްޔޫނީންގެ އަސްކަރިއްޔާއިން ބުނެފައިވަނީ މިއަދު ގާތްގަނޑަކަށް 300 އެއްހާ ހަމަލާ ލުބުނާނުގެ އެކި ސަރަހައްދުތަކަށް ދީފައިވާ ކަމަށެވެ.

މި ހަމަލާތަކާއި ގުޅިގެން ލުބުނާނުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސަހްޔޫނީންގެ ހަމަލާތަކުގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކުގެ ސްކޫލްތައް ދެ ދުވަހަށް ބަންދުކުރާކަން އިއުލާނުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved