March 13, 2026
Advertisement
 ޑރ ޖަމީލް ޖަލްސާގައި
ޑރ ޖަމީލް ޖަލްސާގައި / ތޭރަ އޮންލައިން

ފަލަސްތީނާއި ގުޅިގެން ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ "ޕީއާރް" ސްޓަންޓް ޖައްސަން: ޖަމީލް

Aminath Zara
އައިމިނަތު ޒާރާ
Sep 25, 2024, 07:33 AM
މާލެ ސިޓީ

ފަލަސްތީނާއި ދެކޮޅަށް ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމު އާއި ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއަށް އެތެރެ ނުވެވޭނެހެން ސަހްޔޫނީންގެ ޕާސްޕޯޓް މަނާ ކުރުމަށް ދިވެހިން ގޮވާލަމުން ދިޔުމާއި ގުޅިގެން ފިޔަވަޅެއް ނާޅާ އެކަމުގެ މަޝްވަރާ ސަރުކާރުން ކުރަމުން އަންނަތާ 100 އަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

Advertisement

ކަން މިހެން ހުރި އިރު، އދ ގެ 79 ވަނަ އާންމު ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލައިގައި ރައީސް މުއިއްޒު ވާހަކަ ދައްކާފައިވަނީ އެމަނިކުފާނުގެ ޕަބްލިކް ރިލޭޝަން (ޕީ.އާރް) ރަނގަޅު ކުރުމަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މީގެ އެތައް މަހެއް ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަަދު މުއިއްޒު ސަހްޔޫނީންގެ ރައްޔިތުން ރާއްޖެ އައުން މަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރި ނަމަވެސް، ފަހުން ވަނީ އެކަމަށް ދެކޮޅު ހަދާ ފަސްކޮށްފައެވެ.

މުއިއްޒުގެ ނާގާބިލުކަމުގެ ސަބަބުން ގިނަ ދިވެހިން މާޔޫސްވެފައިވާއިރު، ފަލަސްތީނާ ބެހޭ ގޮތުން މުއިއްޒު ދެއްކެވި ވާހަކަތަކަކީ މުއިއްޒު އަކީ ސަހްޔޫނީންނަށް ވާގިވެރިވާ ކުންފުނިތަކުގެ އުފެއްދުންތައް ބޭނުންކޮށް ތާއީދު ކުރައްވާ ބޭފުޅަކަށް ވާތީ، އެއީ ހަމައެކަނި ޕީއާރް ސްޓަންޓެއް ކަމަށެވެ.

މިގޮތުން، ރައީސް މުއިއްޒު ޔޫއެސް އަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ ސަހްޔޫނީންނަށް ވާގިވެރިވާ ބްރޭންޑްތައް ބޭނުންކޮށްފައެވެ. އަދި އެކަމުގެ ސަބަބުން އާންމުންގެ ނުރުހުމާއި ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާތީ އެކަން ރަނގަޅު ކުރައްވަން ކަމަށްވެސް ޖަމީލް ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved