March 19, 2026
Advertisement
ހަމަތަކުގެ ތެރެއިން
ހަމަތަކުގެ ތެރެއިން / ސީ.އެން.އެން

ސަހްޔޫނީންގެ ހަމަލާތައް ހުއްޓުމެއްނެތި ލުބްނާނަށް، އެތައް ބަޔަކު ޝަހީދުވަނީ

Aminath Zara
އައިމިނަތު ޒާރާ
Sep 25, 2024, 07:22 PM
މާލެ ސިޓީ

ސަހްޔޫނީން ލުބުނާނުގެ ދެކުނަށް ދިން ވައިގެ ހަމަލާއެއްގައި 600 އެއްހާ މީހުން މަރުވެ، އިތުރު އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ. ރޭ ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ އާބާދީ ގިނަ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.

Advertisement

ސަހްޔޫނީންގެ އަސްކަރީ ޖެޓުތަކުން ބޮމުގެ ހަމަލާތަކެއް ދެމުންދާތާ މިއަދަށް މިއީ ތިން ވަނަ ދުވަހެވެ. މިހާތަނަށް 569 މީހުން ޝަހީދުކޮށްލައި، 1،645 މީހުން ވަނީ ޒަހަމްކޮށްލުމާ ގުޅިގެން ލުބުނާންގެ ރައްޔިތުންގެ ހިތްތަކުގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ.

ކުއްލި ހާލަތުގައި ދޭ ހިދުމަތްތައް މެދުކެޑިފައިވާތީ، ގެއްލުން ލިބުނު ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ލުބްނާންގެ ލޯކަލް އޮތޯރިޓީތަކާއި ސިއްހީ އޮފިޝަލުން ދަނީ އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. ހޮސްޕިޓަލްތަކުން މެޑިކަލް ސާމާނާއި މުވައްޒަފުންގެ ދަތިކަން ރިޕޯޓް ކުރަމުންދާއިރު، ހަލަބޮލިކަމުގެ ތެރޭގައި ގިނަ އާއިލާތަކެއް އަދިވެސް ރައްކާތެރި ސަރަހައްދުތަކަށް ނުގެންދެވޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved