April 14, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް / ތޭރަ އޮންލައިން

ރައީސް ޔާމީން ބައިވެރިވެވަޑައިގެންނަވާ ޖަލްސާއެއް މިރޭ!

Aishath Naja
އައިޝަތު ނަޖާ
Sep 26, 2024, 03:59 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް ދަ ފްރޮންޓު އޮފީހުގައި މިރޭ އޮންނާނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ހާމަކޮށްފިއެވެ.

Advertisement

ޕީއެންއެފް އިން ހާމަކޮށްފައިވާ ގޮތުގައި26 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޖަލްސާ އޮންނާނީ ހ. ދޫވެހި, ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ.

ޖަލްސާ ފެށޭނީ ރޭގަނޑު 8:45ގައި ކަމަށް ޕީއެންއެފް އިން ވަނީ މައުލޫމާތު ދީފައިއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved