ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ނެރެމުންދާ ހުދު ސަމާލުގެ ވަގުތު އަނެއްކާވެސް ދަންމާލައިފިއެވެ.
ވިއްސާރައާ ގުޅިގެން އިއްޔެއިން މެޓް އޮފީހުން ދަނީ ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރެ ހިމެނޭހެން ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެމުންނެވެ. މިގޮތުން މިހާތަނަށް ހަތް ފަހަރެއްގެ މަތިން ހުދު ސަމާލު ނެރެފައި ވެއެެވެ.
މެޓް އިން މިރޭ 12:00ގެ ނިޔަލަށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ނެރުނު ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.
White Alert for heavy rain, strong winds, and rough seas. pic.twitter.com/2S8MzuXN0V
— Maldives Meteorology (@MetMaldives) September 26, 2024