February 26, 2026
Advertisement
ޕީއެންއެފް ޖަލްސާ
ޕީއެންއެފް ޖަލްސާ / ޝާވިން | ތޭރަ އިމޭޖްސް

ބީއެމްއެލް އަކީ ރައްޔިތުންގެ 32% ހިއްސާ އޮންނަ ތަނެއް، ސަރުކާރަށް ބޭނުން ގޮތެއް ހަދަން އޮތް ތަނެއް ނޫން: ރައީސް ޔާމީން

Aminath Zara
އައިމިނަތު ޒާރާ
Sep 27, 2024, 04:15 AM
މާލެ ސިޓީ

ފްރޮންޓް އޮފީސް ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ މައި ބޭންކް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް އަށް ބަޣާވާތް ކުރި ކަމަށް ގައުމުގެ ރައީސް ވިދާޅުވެ ނާޒުކު ހާލަތަކަށް ގައުމު ވައްޓާލާފައިވާ ކަަމަށެވެ.

Advertisement

މީގެ އިތުރުން، މި ފަހުން ސަރުކާރުގެ ބޭނުމަށް ބީއެމްއެލް އިން 2 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށާއި ސަރުކާރުން ގައުމު ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކަމަށް ޖަލްސާގައި ފާހަގަކުރުމުން ރައީސް ވަނީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭންކުން ލޯނު ނެގުން އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މިފަދައިން ކަންތައް ކުރުމުން ބޭންކް މެދުވެރިކޮށް ލޯނު ނަގާ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ލޯނު ދިނުމަށް ބޭންކަށް ހުރަސްތަކާއި ދިމާވާނެ ކަމަށް ފާހަގަކުރެއްވިއެވެ.

ބީއެމްއެލް އަކީ ރައްޔިތުންގެ 32 ޕަސެންޓް ތަނެއްކަމަށާއި އެއީ ސަރުކާރުން ބޭނުން އިރަކު ބޭނުން ކަމެއް ކުރުމަށް ހުރި ތަނެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ފޮނި އުއްމީދުތަކަކާއި އެކު ހެޔޮ ބަދަލަކަށް ރައްޔިތުން ވޯޓު ދެއްވައިގެން ހޮވާފައިވާ މި ސަރުކާރު ބަދަލު ކުރުމަށް ރާއްޖޭގެ ރައްޔިތުންގެ 90 އިންސައްތަ އާބާދީ މިހާރު ބޭނުންވާ ކަމަށް ރައީސްގެ ވާހަކައިގައި ވަނީ ސިފަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved