February 26, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ކުރިން މައްސަލައަކަށް ނުވި މޫސުމީ ބަދަލުތައް މިހާރު ގައުމުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައި މުއިއްޒު ސިފަކޮށްފި: ރައީސް ޔާމީން

Aminath Zara
އައިމިނަތު ޒާރާ
Sep 27, 2024, 04:15 AM
މާލެ ސިޓީ

"ސީ ލެވެލް ރައިސިންގ" އަކީ ދިވެހިރާއްޖެ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް މުއިއްޒު މީގެ ކުރިން އިންޓަވިއުތަކުގައި ވިދާޅުވެފައިވަނިކޮށް އދ ގެ 79 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ވިދާޅުވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Advertisement

މިގޮތުން، ޕީއެންއެފްއިން ބާއްވާ ފްރޮންޓް އޮފީސް ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ މާލެ ވަށައިގެން ބޮޑު ތޮށި ޖަހާފައި ހުރީ ކީއްވެގެން ކަން މުއިއްޒުއަށް އެގިވަޑައިނުގެންނެވި ކަމަށެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ ރައީސް މަައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަންގަވާ އަދި ފަހުން ރައީސް ނަޝީދުވެސް ވަރަށް ބޮޑަށް ވާހަކަ ދެއްކެވި މައްސަލައެއް ކަމުގައެވެ.

ކުރީގެ ރައީސުން މި މައްސަލަ އެހާ ނުރައްކާތެރި މައްސަލައެއްގެ ގޮތުގައި ނަންގަވާފައިވާއިރު، މުއިއްޒުއަށް އެއީ މައްސަލައަކަށް ނުވެ ދުނިޔޭގެ މީޑިޔާތަކުގައި ވާހަކަދައްކާ ވަނީ ރާއްޖޭގެ އަގު ވައްޓާލާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން، ޚާއްޞަކޮށް ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނާޒުކު މައްސަލައާ ގުޅޭގޮތުން ރައީސް މުޙައްމަދު މުޢިއްޒުގެ ވާހަކަ ބަދަލުވެ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.

މާލެ ވަށާ ބޮޑު ތޮށި ލާފައި ހުރީ ކީއްވެގެން ކަމެއް މުއިއްޒު އަށް ނޭގުނު. ރާއްޖެއަށް އައިއްސަ ބަލާށޭ ބުނީ. ލޮނުގަނޑު އުފުލުން އެއީ ރާއްޖެއިން ވޮރީ ވާންޖެހޭ ކަމެއް ނޫނޭ.

ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved