March 19, 2026
Advertisement
މޫސުން ގޯސް ދުވަހެއް
މޫސުން ގޯސް ދުވަހެއް / ސޯޝަލް މީޑިއާ

މެދުރާއްޖެ ތެރެއަށް މޫސުން ގޯސް ދުވަހެއް: މެޓް

Aminath Zara
އައިމިނަތު ޒާރާ
Sep 27, 2024, 05:30 PM
މާލެ ސިޓީ

މިއަދު މެދުރާއްޖޭގެ ތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

Advertisement

އެގޮތުން މެޓް އިން ވިދާޅުވެފައިވަނީ މެދުރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކޮށް ގުގުރުން އެކަށީގެންވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މެޓް އިން ވަނީ މިއަދު ހަވީރު 18:00 އާއި ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ލަފާކުރާ ގޮތް އާންމުކޮށްފައެވެ.

ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އިން ވިދާޅުވެފައިވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އިން ލަފާކޮށްފައިވެއެވެ. އަދި ރާޅުގެ އުސްމިނުފެ 3-5 ފޫޓް ހުންނާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved