May 27, 2026
Advertisement
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ / ސޯޝަލް މީޑިއާ

ކޮންމެ އިންސާނަކީ ﷲ ގެ ހަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއް: ޚުތުބާ

Aminath Zara
އައިމިނަތު ޒާރާ
Sep 27, 2024, 07:32 PM
މާލެ ސިޓީ

ކޮންމެ އިންސާނަކީ އެމީހަކު މި ދުނިޔެމަތީގައި ކުރި ކޮންމެ އަމަލަކަށް، ބުނި ބަހަކަށް މާތްﷲ ގެ ހަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއް ކަމަށާއި އެހެންކަމުން ކޮންމެ މީހަކު އެމީހެއްގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

Advertisement

”ޒިންމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުން“ މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، އިސްލާމީ މުޖްތަމަޢުގެ ކޮންމެ ފަރުދަކީ މަސްއޫލިއްޔަތެއް އޮތް މީހެއް ކަމަށެވެ.

ހުކުރު ހުތުބާގައި ވިދާޅުވީ، ގިޔާމަތް ދުވަހަކީ ބަހަނާއެއް ދެއްކޭނެ ދުވަހަކަށް ނުވާތީ އެ މަސްއޫލިއްޔަތުތަކަށް އިހުމާލުވުމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. އަދިދުނިޔެމަތީގައި އިންސާނާއާ ހަވާލުކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ޤިޔާމަތްދުވަހުން ސުވާލު ކުރެވޭނެ ކަމަށާއި އެދުވަހުން އެއްވެސް ބަހަނާއެއް ނުދެއްކޭނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަޞްލަޙަތަށް ވުރެ ބޮޑަށް، އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން ކަމަށެވެ. އަދި އަނެކުންނަށް ޓަކައި، ތިމާ އަދާކޮށްދޭން ޖެހޭ ވާޖިބަށް އިސްކަންދޭ ތިމާގެ ޙައްޤުތައް ލިބެން އެދޭ ފަދައިން، މީސްތަކުންގެ ޙައްޤުތައް ލިބިދެވޭތޯ ބަލާ މީހުން ކަމަށެވެ.

އެހެންކަމުން އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުނުވާށެވެ! ޤިޔާމަތް ދުވަހުން އެ ކަމުގެ ޒިންމާ އެ ފަރާތަކުން އުފުލަންޖެހޭނެތީއެވެ. އެ ދުވަހަކީ ތިމާ މިދުނިޔެމަތީގައި ކުޅަ އެއްވެސް ކަމަކުން ރެކެވޭނެ ދުވަހެއް ނޫނެވެ. ބަހަނާއެއް ދެއްކޭނެ ދުވަހެއް ނޫނެވެ.

ޚުތުބާ
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved