March 18, 2026
Advertisement
ނަތަންޔާހޫގެ ތަގުރީރު ފެށުމާއެކު، ގިނަ ގައުމުތަކަކުން މަޖިލިސް ބޮއިކޮޓްކުރި
ނަތަންޔާހޫގެ ތަގުރީރު ފެށުމާއެކު، ގިނަ ގައުމުތަކަކުން މަޖިލިސް ބޮއިކޮޓްކުރި / ސޯޝަލް މީޑިއާ

ނަތަންޔާހޫ ތަގްރީރުކުރަން އެރުމާ އެކު ގިނަ ގައުމުތަކުން މަޖިލިސް ދޫކޮށް ދިޔަ!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 28, 2024, 08:04 PM
މާލެ ސިޓީ

އދ ގެ 79 ވަނަ އާންމު މަޖިލީހުގައި ބެންޖަމިން ނަތަންޔާހޫގެ ތަގުރީރުކުރަން ހުއްޓުމާއެކު ގިނަ އަދަދެއްގެ ގައުމުތަކުން މަޖިލިސް ބޮއިކޮޓްކޮށްފިއެވެ.

Advertisement

އެގޮތުން ހައްދު ފަހަނަ އަޅާފައިވާ ނިރުބަވެރި ނަތަންޔާހޫ އޭނާގެ ތަގުރީރަށް ޕޯޑިއަމް ކައިރީ ހުއްޓުމާ އެކު ގިނަ އަދަދެއްގެ ގައުމުތަކުން މަޖިލީހަށް ގޮސް ތިބި ވަފުދުތައް ވަނީ މާލަން ދޫކޮށް ނިކުމެ އެ ތަގްރީރު ބޮއިކޮޓްކޮށްފައެވެ.

ސަބަބެއްކަމުގައި ގިނަ ގައުމުތަކުން ހާމަކޮށްފައިވަނީ އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުންނާއި މިހާރު ލުބުނާނަށް ދެމުން އަންނަ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ނަތަންޔާހޫ ބުނެފައިވަނީ މި ފަހަރަކީ އޭނާ އދ ގައި ތަގްރީރުކުރަން އައުމުގެ ބިސްނުން ގެންގުޅުނު ފަހަރެއް ނޫން ކަމަށާ ނަމަވެސް އދ ގައި ތަގްރީރުކުރި ގިނަ ގައުމުތަކުގެ ވެރިން ވަނީ އޭނާގެ ގައުމާ މެދު ދޮގު ތުހުމަތުތަކެއްކޮށް ގޯސް މައުލޫމާތު ފަތުރާފައިކަމަށެވެ. އެހެންކަމުން ހަގީގަޔް ހާމަކުރަން އޭނާ އަށް މަޖްބޫރުވީ ކަމަށެވެ. ނަތަންޔާހޫ ބުނެފައިވަނީ ޣައްޒައަށާއި ލުބުނާނަށް ދެމުންދާ ނިރުބަވެރި ހަމަލާތައް ނުހުއްޓާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved