March 19, 2026
Advertisement
ނަސްރުﷲ
ނަސްރުﷲ / ސީ.އެން.އެން

އިސްލާމީ އުއްމަތަށް އަނެއްކާވެސް ހިތްދަތި ދުވަހެއް، ނަސްރުﷲ އަވަހާރަވެއްޖެކަން ކަށަވަރުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Sep 28, 2024, 11:48 PM
މާލެ ސިޓީ

ނިރުބަވެރި ސަހްޔޫނީން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދިން ހަމަލާގައި ހިޒްބުﷲގެ ސެކެޓްރީ ޖެނެރަލް އަދި ލީޑަރު ހަސަން ނަސްރަﷲ އަވަހާރަވެފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.

Advertisement

މިއަދު ފަތިހު ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ ހަނގުރާމަވެރި ޖަމާއަތުގެ މުހިންމު ކޮމާންޑް ސެންޓަރެއް ކަމަށް ބެލެވޭ ކޮމްޕައުންޑަކަށެވެ.

ހިޒްބުاللهގެ ބާރުގަދަ ސަރަހައްދެއްގެ ގޮތުގައި މަޝްހޫރު، އާބާދީ ބޮޑު ސަރަހައްދެއް ކަމަށްވާ ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް ސިލްސިލާ ގޮތެއްގައި ބޮން ގޮއްވާލާފައިވާ ކަމަށް މަންޒަރު ދުށް މީހުން ވަނީ ރިޕޯޓްކޮށްފަ އެވެ. ސަހްޔޫނީންގެ ދިފާއީ ބާރުތަކުން މި ހަމަލާއާ ބެހޭ ގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެއެވެ.

ހިޒްބުﷲ އިން ބުނެފައިވަނީ ޝަހީދުންގެ ސަފުތަކާއި ގުޅުމުގެ ޝަރަފު 30 އަހަރުވަންދެން އެ މީހުންގެ އިސް ފަހުލަވާނު ކަމުގައި ހުންނެވި ނަސްރަﷲއަށް ލިބިފައިވާ ކަމަށާއި އެއީ އޭނާ އެންމެ ބޮޑަށް އެދުނު ލަގަބު ކަމަށެވެ. އެހެންވެ ހިޒްބުﷲ އިން ވަނީ ނަސްރަﷲއަށް މަރުހަބާ ކިޔައިފައެވެ. އަދި އޭނާއާއެކު ބެއިރޫތުގެ ރަށްފުށުގައި ޝަހީދުވި އެންމެނަށް ތައުޒިޔާއާއެކު މަރުހަބާ ކިޔާފައިވެއެވެ.

ނަސްރަﷲ އަވަހާރަކޮށްލަން ދިން ހަމަލާގައި އެތައް ސަތޭކަ ބަޔަކު ޒަހަމްވިއެވެ. އެ ހަމަލާގައި ހަތަރު ރެޒިޑެންޝަލް އިމާރާތެއް ބިމާހަމަކޮށްލިއިރު، މަރުވި އާންމުންގެ އަދަދު ކަށަވަރުކޮށް އެނގޭނެ ގޮތެއް ނެތެވެ. އެ ހަމަލާ ދިނުމަށް ސަހްޔޫނީން ބޭނުންކުރީ ކުރިން ބޭނުންނުކުރާ 2000 ކިލޯގެ ބަންކަރު ގޮއްވަން ބޭނުންކުރާ ބާވަތުގެ ބާރުގަދަ ބޮމެކެވެ.

މިއީ އިސްލާމީ އުއްމަތަށް ކުރިމަތިވި ހިތާމަވެރި ދުވަހެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

ލުބްނާން އަކީ ފަލަސްތީނާއި ދެކޮޅަށް ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމު އާއި ދެކޮޅަށް ބަސްބުނަމުންދާ ގައުމަަށްވާއިރު، އެކަމާއި ގުޅިގެން ސަހްހޫނީން ދަނީ ހުއްޓުމެއްނެތު އެގައުމަށް ހަމަލާދީ އެތަކެއް ބަޔަކު ޝަހީދުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved