February 21, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރައްޔިތުން މިހާރުވަނީ ބިކަވެ ހާލުގައި ޖެހިފައި : ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Sep 29, 2024, 07:52 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ރައްޔިތުން މިހާރުވަނީ ބިކަވެ ހާލުގައި ޖެހިފައި ކަމަށް ކުރިގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޕީއެންއެފް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ . ޖަމީލު ވިދާޅުވީ މިއަދު އަތޮޅު ތެރޭގެ ރައްޔިތުން ރޯ އަޑު އިވޭ ކަމަށާ ވިޔަފާރިވެރިންނާ މަސްވެރިންނަށް ފައިސާ ނުލިބޭތީ އެ އާއިލާތައް ހާލުގައި ޖެހި ގޮތް ހުސްވެފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ އަތްމަތި ދަތިވުމުގެ އަސަރު ވިޔަފާރިތަކަށް ކޮށް ވިޔަފާރިވެރިންނަށް ގިނަ ވިޔަފާރިތައް ބަންދުކުރަން ޖެހިފައިވާކަން ޑރ. ޖަމީލު ވިދާޅުވިއެވެ. އަދި ވިޔަފާރިތައް ދަށްވުމުން އެ ވިޔަފާރިތަކުގައި ެގންގުޅޭ މުވައްޒަފުންގެ މުސާރަ ވެސް ނުދެވިގެން ވިޔަފާރިވެރިން އުޅޭކަން ޑރ. ޖަމީލު ފާހަގަކުރެއްވި.

މީގެ އިތުރުން މަސްވެރިންނާ މެދު ކަންކުރަމުންދާ ގޮތަށް ވެސް ޑރ. ޖަމީލު އަލި އަޅުވާލެއްވިއެވެ.

ހަގީގަތަށްވެސް ދަންނަވާ ކަމުގަ ވަންޏާ މިވަގުތު ރާއްޖޭގަ އެންމެ ރިސްކު ބޮޑުކޮށް މަސައްކަތްކުރާ ބަޔަކީ މަސްވެރިން. ބޮޑެތި އިންވެސްޓުމަންޓު ކޮށްގެން އެމީހުން އެކުރާ ބުރަ މަސައްކަތް، އެ ފައިސާ ކޮޅު ލިބޭތޯ އެމީހުން އާދޭސް މި ކުރަނީ. މިއަދު ރައްޔިތުން ބިކަވެއްޖެއޭ. އާއިލާތައް ނުކައި ނުބޮއި އޭ ތިބީ. އަތޮޅު ތެރޭގެ ރައްޔިތުން އެބަ ރޮޔޭ. މާލޭގެ ފިހާރަތައް ބަންދުކޮށްފި

ޑރ. ޖަމީލު

ޑރ ޖަމީލު ވިދާޅުވީ ރައްޔިތުން މިހާލުގައި ތިބިއިރުވެސް ރައީސް މީޙާ ގެންދަވަނީ މުޅި ދުނިޔޭގައި އެ ރައްޔިތުންގެ ފައިސާއިން ބުރު ޖަހާ ބޭކާރު ހަރަދުކުރަމުން ކަމަށަ މިއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved