March 23, 2026
Advertisement
އަހުމަދު މުހައްމަދު
އަހުމަދު މުހައްމަދު / ތޭރަ އޮންލައިން

ޕީޕީއެމްގައި ތިބި މެންބަރުން ޕީއެންއެފަށް ސޮއިކުރަން ގޮވާލައިފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 31, 2024, 03:07 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ތާޢީދާއެކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ތިބި ހުރިހާ މެންބަރުން، ރައީސް ޔާމީން އަލަށް އުފައްދަވާފައިވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރުމަށް، އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއް ކަމަށްވާ އަހުމަދު މުހައްމަދު ގޮވާލައިފިއެވެ.

Advertisement

އަހުމަދު މިފަދައިން ގޮވާލައިފައިވަނީ، ޕީއެންއެފްގެ އަދާހަމަ ގެނެސްދިނުމަށް ކުރިޔަށް ގެންދާ ޕާޓީގެ އަދާހަމަ ލައިވްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ތާޢީދާއި އެއްކޮށް އެޕާޓީ (ޕީޕީއެމް) ގައި މަޑުކުރެއްވި ބޭފުޅުން މިހާރު މި ޕާޓީ (ޕީއެންއެފް) އަށް ޖޮއިން ކުރަން ގޮވާލަން.

އަހުމަދު މުހައްމަދު

އިތުރަށް އޭނާ ވަނީ މާލެ ކައިރީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންވެސް މާލެ އައިސް ފްރަންޓް އޮފީހަށް ވަޑައިގެން ވެސް ސޮއި ކުރެވޭނޭ ފަދަ އިންތިޒާމެއް ހަމަ ޖައްސައިފައިވާނެ ކަމަށް އަހުމަދު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީން ޕީއެންެއެފް އުފައްދައިފައިވަނީ ކުރިން އެމަނިކުފާނު ހުންނެވި ޕާޓީގައި އެމަނިކުފާނަށް އެކި އެކި ހުރަސްތަކަކާއި ކުރިމަތިލާން ޖެހުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved