ވިއްސާރަ ދުވަހެއް / ސޯޝަލް މީޑިއާ
ހަބަރު
މިއަދު ނެރުނު ހުދު ސަމާލު ދަންމާލައިފި
Aminath Zara
އައިމިނަތު ޒާރާ
29 ސެޕްޓެމްބަރު 2024
މާލެ ސިޓީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުދު ސަމާލު ނެރެފައިވާ ސަރަހައްދު ބޮޑުކޮށް، ސަމާލުގެ ވަގުތު ދަންމާލައިފިއެވެ.

މެޓް އޮފީހުން މިހާރު ސަމާލު ނެރެފައިވަނީ ޅ އަތޮޅުން ފެށިގެން އދ އަތޮޅަށެވެ. އެއީ މެންދުރު 15:30 އިން ފެށިގެން މިރޭ 19:30 އަށެވެ.

ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން މިދިޔަ ހަފްތާއިން ފެށިގެން ގެންދަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެމުންނެވެ.

ސްކޫލު ޗުއްޓީތައް ފެށިފައިވާއިރު، ސްކޫލް ޗުއްޓީގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved