
ރައީސް އަބްދުﷲ ޔާމީންއަކީ ބަތް ކައްކާ ކުޅުއްވާނެ ބޭފުޅެއް ނޫންކަން މިހާރު ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވީ ވެރިކަމަށް އެއް އަހަރު ވެގެން ދިޔައިރު ރައީސް މުއިއްޒުގެ ތިޖޫރީގައި ރައްކާކުރަން ރައްޔިތުންގެ ނުރުހުން ނޫން އެއްޗެއް ނެތް ކަމަށާ އެއީ ރައީސް ޔާމީންގެ މައްސަލައެއް ނޫން ކަމަށް ވެސް މަލީހު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މަލީހު ވިދާޅުވީ، ރައީސް ޔާމީން ބަތްކައްކާ ނުކުޅުއްވާނެކަމަށާ މިހާރު އެކަން ރައީސް މުއިއްޒާ އެހެން ރައްޔިތުންނަށްވެސް ޔަގީންވާނެ ކަމަށެވެ. އަދި ގައުމުގެ ކަންކަމުގައި ރައީސް މުއިއްޒު ޚިޔާރު ކުރެއްވީ ގޯސް މަގުކަމަށްވެސް މަލީހު ވިދާޅުވިއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒުގެ ވެރިކަމުގައި މިހާރު ގައުމު އޮތް ހާލަތުން ރައިސް ޔާމީން ފަދަ ބޭފުޅެއްގެ ލަފަޔާ އިރުޝާދަކީ މުހިއްމު އެއްޗެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ










