March 12, 2026
Advertisement
ސަހްޔޫނީންގެ އަސްކަރިއްޔާއިން
ސަހްޔޫނީންގެ އަސްކަރިއްޔާއިން / އަލްޖަޒީރާ

ސަހްޔޫނީން އެއްގަމު މަގުން ލުބްނާންއަށް އަރައިފި

Aminath Zara
އައިމިނަތު ޒާރާ
Oct 1, 2024, 08:11 PM
މާލެ ސިޓީ

ހައްދުފަހަނައަޅާފައިވާ ސަހްޔޫނީންގެ ސިފައިން، އެއްގަމު މަގުން ލުބުނާނަށް އަރައި ލުބުނާންގެ ރައްޔިތުން ޝަހީދުކުރަން ފަށައިފިއެވެ.

Advertisement

ވައިގެ މަގުން ނުރައްކާތެރި ގިނަ ހަމަލާތަކެއް އެތަކެއް ބަޔަކު ޝަހީދު ކުރުމަށްފަހު ސަހްޔޫނީން ވަނީ ރޭ ދަންވަރު ވަގުތެއްގައި ލުބްނާންއަށް އަރާފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ސަހްޔޫނީންގެ ސިފައިން ލުބުނާންގެ ދެކުނުގެ ހިސާބުތަކަށް އެރީ އެންމެ ފަހުގެ ޓޭންކާއި ބުލްޑޯޒަރާއި އަސްކަރީ އުޅަނދުތަކާއެކުގައި ކަމަށް ވެސް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް މިހާރު ދަނީ ބުނަމުންނެވެ.

ލުބުނާންގެ ދެކުނުގެ ސަރަހައްދުގައި ތިބި ހިޒްބުﷲ ގެ އަސްކަރީ ސައިޓްތައް ނައްތާލަން ކަމަށް ބުނެ ސަހްޔޫނީން ލުބުނާނަށް އެރިއިރު، ސަހްޔޫނީންގެ ސިފައިންނާއި ހިޒްބުﷲ އާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާނެ ކަމަށް ބެލެވެއެވެ.

ސަހްޔޫނީން ވަނީ މިދިޔަ ހުކުރު ދުވަހު ލުބްނާން އަށް ދިން ހަމަލާއެއްގައި ހިޒްބުﷲ ގެ ލީޑަރު އަދި ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުﷲ އަވަހާރަކޮށްލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved