އިރާނުން ސަހްޔޫނީންނަށް އަމާޒުކޮށް ބޮޑު ހަމަލާއެއް ދޭން އުޅޭކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މިގޮތުން، މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމާ ބޮޑުވަމުންދާތީ އެމެރިކާގެ ވައިޓް ހައުސްގެ އިސް އޮފިޝަލަކު ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޮފިޝަލް ވިދާޅުވީ އެމެރިކާ އޮތީ އެގައުމު ވާގިވެރިވާ ސަހްޔޫނީންގެ ފަހަތުގައި ސާބިތުކަމާއެކު ކަމަށާއި އެފަދަ ހަމަލާއެއް ދީފިނަމަ އެ ގައުމަށް ތާއީދު ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މި އިންޒާރު ދީފައި މިވަނީ އީރާނުގެ ލީޑަރުންގެ ބަހުގެ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް އޮފިޝަލް ވިދާޅުވީ ހާލަތު ވަރަށް ހަލަބޮލި ކަމަށާއި ޑިޕްލޮމެޓިކް ޗެނަލްތަކަށް އިސްކަން ދީގެން ކާރިސާއެއް ކުރިމަތިވިޔަ ނުދިނުމަށް އިލްތިމާސް ކުރާ ކަމަށް އެ ގައުމުގެ މީޑިޔާތަކުން ހާމަކޮށްފައިވެއެވެ.
މި އިންޒާރަށް ރައްދު ދެއްވަމުން ސަހްޔޫނީންގެ ސަރުކާރުން ވަނީ އީރާނުން ކުރިމަތިވެދާނެ ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަން ކަށަވަރުކޮށްދީ، ކޮންމެ ނުރައްކަލަކުން ވެސް ދިފާއުވުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.