ލ. ގަމުގައި ސްކޫލު ދަރިވަރަކު ބަރަހަނާކޮށް, ވީޑިއޯއާއެކު ބްލެކްމެއިލް ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި ކަމާއި ގުޅުން ހުރި އިދާރާތަކާ ގުޅިގެން މިކަމާ ގުޅޭ މައުލޫމަތު ހޯދުމުގު މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފޭސްބުކްގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައި ވަނީ ހަމަދް ބިން ހަލީފާ އަލް ޘާނީ ގައި ކިޔަވަމުންދާ ދަރިވަރަކު ދިރިއުޅޭ ގެއަށް އެހެން ދަރިވަރަކު ވަދެ އެ ކުއްޖާ ރަހީނުކޮށްގެން އެހެން ތަނަކަށް ގެންގޮސް ބަރަހަނާކޮށްފައިވާ ކަމަށެވެ.
ރަހީނުކުރި ދަރިވަރަކީ އެ ސްކޫލު ޓީޗަރެއްގެ ދަރިފުޅު ކަމަށާއި ބަރަހާނަކުރުމަށް ފަހު އެ ކުއްޖާގެ ބްލެކްމެއިލް ކޮށްފައިވާ ކަމަށް ސޯޝަލް މިޑިއާގައި ދައުރުވަމުން އަންނަ މެސެޖުގައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.