، ރައީސް ޔާމިން
ސިޔާސީ
ބީއެމްއެލް ސިޔާސީ ކުރުން ބަލައެއް ނުގަނެވޭނެ: ރައީސް ޔާމީން
Aishath Naja
އައިޝަތު ނަޖާ
02 އޮކްޓޯބަރު 2024
މާލެ ސިޓީ

ސިޔާސީ ބޭނުމެއްގައި ރައްޔިތުންގެ ބެންކް، ބެންކް އޮފް މޯލްޑިވްސް އިން ބަގާވާތް ކުރިކަމަށް ބުނެ ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަތަކެެއް ދެެއްކެވުމުން ރައީސް ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހު ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މައި ބޭންކް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް އަށް ބަޣާވާތް ކުރި ކަމަށް ގައުމުގެ ރައީސް ވިދާޅުވެ ނާޒުކު ހާލަތަކަށް ގައުމު ވައްޓާލާފައިވާ ކަަމަށެވެ.

މީގެ އިތުރުން، މި ފަހުން ސަރުކާރުގެ ބޭނުމަށް ބީއެމްއެލް އިން 2 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށާއި ސަރުކާރުން ގައުމު ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކަމަށް ޖަލްސާގައި ފާހަގަކުރުމުން ރައީސް ވަނީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭންކުން ލޯނު ނެގުން އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރިސްކް އެސެސްމެންޓް ޑިޕާޓްމަންޓުން މިއޮތީ ކަނޑައެޅިގެން މިކަން ނުކުރާން ބުނެފަ. އެއީ އޭގެ ކުރިން ވެސް ބޭންކުން ނަގައިފި 600 މިލިއަން، ހަމަ ދިވެހި ދައުލަތުގެ މުވައްޒިފުންނަށް މުސާރަދޭން ދިވެހި ސަރުކާރު ގޮވައިގެން ދައުލަތަކުން ދައުވާއެއް ނުކުރެވޭނެ ބޭންކަކަށް ދައުވާއެއް ނުކުރެވޭނެ.

- ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ޔާމީން ވިދާޅުވީ މިފަދައިން ކަންތައް ކުރުމުން ބޭންކް މެދުވެރިކޮށް ލޯނު ނަގާ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ލޯނު ދިނުމަށް ބޭންކަށް ހުރަސްތަކެއް ދިމާވާނެ ކަމަށެވެ.

ބީއެމްއެލް އަކީ ރައްޔިތުންގެ 32 ޕަސެންޓް ތަނެއްކަމަށާއި އެއީ ސަރުކާރުން ބޭނުން އިރަކު ބޭނުން ކަމެއް ކުރުމަށް ހުރި ތަނެއް ނޫން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ބޭންކު ސިޔާސީ އެތައް ބޭނުމެއް ފުއްދުމަށްޓަކައި ބޭނުން ކުރަމުން އަންނާތީ ރައީސް ޔާމީން ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved