March 12, 2026
Advertisement
ހަމަލާތަކުގެ ތެރެއިން
ހަމަލާތަކުގެ ތެރެއިން / ސޯޝަލް މީޑިއާ

ސަހްޔޫނީންގެ އިތުރު ސަރަހައްދަކަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް ދީފި

Aminath Zara
އައިމިނަތު ޒާރާ
Oct 3, 2024, 12:25 AM
މާލެ ސިޓީ

ސަހްޔޫނީންގެ ހައިފާ ސިޓީއަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާ ފޮނުވާލާފައިވާ ކަމަށް ހަނގުރާމަވެރި ޖަމާއަތްކަމުގައިވާ ހިޒްބުالله އިން ބުނެފި އެވެ.

Advertisement

އެ ޖަމާއަތުން ބުނެފައިވަނީ ސަހްޔޫނީންގެ ޕޯޓް ސިޓީއަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާ ފޮނުވާލާފައިވާ ކަމަށެވެ. މި ހަމަލާތަކުުގައި އެއްވެސް މީހަކަށް އަނިޔާ ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން، ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންވެސް ވަނީ ސަހްޔޫނީންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައެވެ.

ހޫތީ އަސްކަރިއްޔާހެ ތަރުޖަމާން ޔަހްޔާ ވިދާޅުވީ، ހޫތީން ފޮނުވާލި ރޮކެޓް ހަމަލާތައް ކާމިޔާބުކަމާއެކު އަމާޒަށް ވާސިލްވި ކަމަށެވެ. އަދި އީރާނުން ދިން ހަމަލާއަށް ޔަހްޔާ ވަނީ ތައުރީފްކޮށްފައެވެ. މި ހަމަލާތަކުގައިވެސް އެއްވެސް މީހަކަށް އަނިޔާލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ހިޒްބުالله އިން މިފަދަ ހަމަލާއެއް ދީފައިވަނީ އީރާނުންވެސް 200 އެއްހާ ރޮކެޓް ހަމަލާ ސަހްޔޫނީންނަށް ދީފައިވަނިކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved