ރައީސް މުހައްމަދު މުއިއްޒަކީ ގައުމަށް ޖެހިފައިވަ ކެންސަރެއްގެ ގޮތުގައި ކުރިގެ ނައިބު ރައީސް ޑރ. މުހައްމަުދ ޖަމީލު އަހުމަދު ސިފަކުރައްވައިފިއެވެ.
ޑރ. ޖަމީލު މިފަދައިން ސިފަކުރެއްވީ ޕީއެންއެފް އޮފީހުގައި ރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ކޮރަޕްޝަންގެ މޫ މުޅިގައުމުގައި ލާފައިވާކަޟާ ގައުމުގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކޮށް ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ޑރ. ޖަމީލު އޯޑިއަންސްގައި އިންނަވާ ވަނީ ގައުމު މިއޮތް ހާލަތުގައިވެސް ވަކި ވަކި ސިޔާސީ މީހުންގެ އާއިލާތައް ބެލެހެއްޓުމަކީ ދައުލަތަށް އަރާ ބަލަދަކަށް ވެފައިވާ ކަމަށާ ދައުލތުގެ ޚަރަދު ކުޑަކުރުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތްކުރަނީ ބޭރުން ކުޅެގެން އެހެން މީހުުންނަށް ދުއްތުރާ ޖެއްސުމަށް ކަމަށެވެ.
މީގެ އިތުރުން ގައުމުގެ ޚަރަދުތައް ފޫ ނުބެއްދި ގައުމީ ބޭންކުން ދަރަންޏަށް ފައިސާ ނަގާ ސަރުކާރު މުވައްޒަފުންނަށް މުސާރަދޭން ޖެހުމާ ތަކެތީގެ އަގު ބޮޑޫވުމާ ޑޮލަރުގެ އަގު މައްޗަށް އެރުން ފަދަ ކަން ކަމަކީ މިއަދު ގައުމުގައި ހުރި ކަންބޮޑުވުންތައް ކަަމަށްވީ ނަމަވެސް ސަރުކާރުން އެކަންކަން ހައްލުކުރަން މަސައްކަތް ނުކުރާތީ ޑރ. ޖަމީލު ވަނީ ފާޑުވިދާޅުވެފައެެވެ.
މިކަންކަން ހައްލުކުރަން ތި ބޭފުޅުން ތި ހައްދަވާ ރިސާރޗްތައް ހަދާނެ ކަމެއް ނެތް. މީގަ ހައްލަކީ ރައީސް މުއިއްޒު މަގާމުން ދުރު ކުރުން. ރައީސް މުއިއްޒަކީ ގައުމަށް ޖެހިފައި ހުރި ކެންސަރެއް. އެހެންކަމުން ކެންސަރު ޖެހުނު ގުނަވަނެއް ކަނޑަން ޖެހޭ އުސޫލުން މިކަން ކުރީމަ މިކަންކަން ހައްލުވާނެ.
ޑރ ޖަމީލް ވިދާޅުވީ ދިވެހިރާއްޖޭގެ މުޅި ތާރީހުގައި ވެސް ރައީސް މުއިއްޒު ހޯދި "ކައްޒާބްގެ" ލަގަބު އިތުރު އެހެން ވެރިއަކަށް ނުލިބޭކަމަށެވެ.
އޭގެއިތުރުން ރައީސް މުއިއްޒު ދޮގު ހަދަމުން ގެންދަވަނީ ވަކި ކަމެއްގައި ނޫންކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލް ވިދާޅުވީ ވެރިކަން ހޯދެއްވި އެންމެ ފުރަތަމަ ދުވަހު ވެސް ރައީސް މުއިއްޒު ކޮރަޕްޓްވެއްޖެ ކަމަށެވެ.