April 23, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އަންހެނުންނަށް އަނިޔާ ކުރުމަކީ ގެއްލުންހުރި ހަޑިހުތުރު އަމަލެއް: ޚުތުބާ

Aminath Zara
އައިމިނަތު ޒާރާ
Oct 4, 2024, 09:07 PM
މާލެ ސިޓީ

އަންހެނުންނަށް އަނިޔާކުރުމަކީ ފައިދާއެއް ނެތް، ގެއްލުންހުރި ހަޑިހުތުރު ޢަމަލެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

Advertisement

ގެވެށި އަނިޔާގެ މައުޟޫއަށް މިއަދުގެ ޚުތުބާ އަލިއަޅުވާލާފައިވާއިރު، ޚުތުބާގައި އިތުރަށް ބުނެފައިވަނީ އިސްލާމްދީނުގައި ފިރިމީހާ އޭނާގެ އަނބިމީހާއަށް ޖިސްމާނީ އަދި ޖިންސީ ގޮތުން އަނިޔާކުރުމަކީ ހުއްދަކުރާ ކަމެއް ނޫނެވެ.

މާތްالله ވަނީ ފިރިހެނުންނަށް އެމީހުންގެ އަނބީންނާއެކު ރިވެތި ގޮތުގައި މުޢާމަލާތުކުރުމަށް އަމުރުކުރައްވާފައި ކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ދެމަފިރީން ދަރީންކުރިމަތީ ޒުވާބުކުރުމާއި، ޖަދަލުކުރުމުގެ ސަބަބުން ދަރީންނަށް ނަފްސާނީގޮތުން އަނިޔާލިބި، އެ ކުދީންގެ މެދުގައި އަނިޔާވެރިވުމަށް މަގުފަހިވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ގެވެށި އަނިޔާގެ ސަބަބުން މުޖުތަމައުގެ އިޖުތިމާއީ ފޭރާން ހަލާކުވެ، އެއްބައިވަންތަކަން ނެތިގެންދާ ކަމަށާއި ފަހަކަށް އައިސް ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ޚުތުބާގައި ވިދާޅުވި ގޮތުގައި ގެވެށި އަނިޔާ ގިނަވަނީ އީމާންކަމުގެ ބަލިކަށިކަމުންނެވެ. އީމާންކަން ނެތިއްޖެނަމަ، ލަދުވެތިކަމެއް ނުހުންނާނެ ކަމަށާއި، އޭގެ ސަބަބުން ނުބައި ކަންކަމަށް އަރައިގަތުމުގައި ފަސްޖެހުމެއް ނުހުންނާނެ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved