March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ގެއްލުނު ޗާގޯސް ކަނޑު ނުހޯދާ، މިވެރިން އެކަމުގައި ހެދީ ގޯސް: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Oct 4, 2024, 09:30 PM
މާލެ ސިޓީ

ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އިނގިރޭސިވިލާތުން ދިންއިރު، ފޯޅަވައްސާ ދިމާލުން ގެއްލުނު ކަނޑު ހޯދަން އައި ސަރުކާރަށް ކުރެވުނުކަމެއް ނެތްކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ގެއްލުނު ކަނޑު ހޯދައިދޭނެ ކަމަށް ވައުދުވެގެން ކަމަށެވެ. ނަމަވެސް "ދަރިއަކު ދުނިޔެއަށް އުފަން ކުރާހާ މުއްދަތު ވެރިކަމަށް ފާއިތުވެގެން ދިޔައިރު" އެ ވައުދު ފުއްދަން ކުރެވުނީ ކޮން ކަމެއްތޯ ސުވާލު އުފައްދަވާ އެމަނިކުފާނު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ނޫނިއްޔާ ބައިނަލްއަގުވާމީ ކޯޓަށް ވައްދައިގެން ފޯޅަވަހި، ފުރަތަމަ ނަގާފައި އޮތް ނެގުން ނޫނިއްޔާ ދެން ދިޔަ ދިޔުން އިޓްލޮސް އިން ބައި ކޮށްގެން ދިޔަގޮތް އަޅުގަނޑުމެން ޗެލެންޖު، އެއްވެސް ކަމެއް ކުރިންހޭ.

ރައީސް ޔާމީން ވިދާޅުވިއެވެ.

ފޯޅަވަހީގެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަސް ދޭން އިނގިރޭސިވިލާތުން އެއްބަސްވިކަން އިއުލާނު ކުރުމުން ރައީސް ޔާމީން ވިދާޅުވީ މިހެން ކަންތައް ވީމާ ދެން މި ސަރުކާރުން ރައްޔިތުންގެ ކުރިމައްޗަށް އަރައި ދައްކަން އޮންނާނީ ކޮން މޫނެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

ފުރުސަތު ލިބުނު ނަމަވެސް ގެއްލުނު ކަނޑު ހޯދުމުގައި އެއްވެސް މަސައްކަތެއް މި ސަރުކާރުން ނުކުރާކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ނުރުހުންފާޅުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved