March 11, 2026
Advertisement
ކުރީގެ ނައިބު ރައީސް ޖަމީލް
ކުރީގެ ނައިބު ރައީސް ޖަމީލް / ސޯޝަލް މީޑިއާ

މުއިއްޒުގެ ސަބަބުން ދޮގު ހެދުމަކީ ގައުމީ ރުކުނަކަށްވެއްޖެ: ޖަމީލް

Aminath Zara
އައިމިނަތު ޒާރާ
Oct 5, 2024, 05:46 PM
މާލެ ސިޓީ

ދޮގާއި ދޮގު ހަބަރު ފެތުރުން އޮތީ ދިވެހި މުޖްތަމައުގައި މޫލާފައި ކަމަށާއި އެކަމުގެ ސަބަބުން ދައުލަތަށް ވެސް އިންތިހާ ގެއްލުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގައުމުގެ ވެރިއެއްގެ ހައިސިއްޔަތުން އަމިއްލަ ނަފްސު އިސްލާހްކޮށް އެހެން މީހުންނަށް ނަމޫނައަކަށް ވާން ޖެހޭނެ ކަމަށެވެ.

ރައީސް ކަމުގެ މަގާމަކީ އާރާއި ބާރު އޮތް މަގާމަކަށް ވާއިރު، މަގަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ބަދަލުގައި ރައްޔިތުންނަށް އިޚްލާސްތެރިވެ ތެދުވެރިވުމުގެ މުހިއްމުކަން ޖަމީލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މަގާމުގައި ހުންނެވީތީ ކޮންމެފަދަ ވާހަކައެއްވެސް ދެއްކެވިދާނެ ކަމަށާއި ނަމަވެސް ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެ ކަމަށް ޖަމީލްގެ ޕޯސްޓްގައި ވަނީ ސިފަކުރައްވާފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ބޮޑެތި ދޮގުތަކެއް ހައްދަވާ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް ޖަމީލް ވިދާޅުވިއެވެ. އޭގެ ތެރޭގައި، ވެރިކަމަށް އަންނަން ރައީސް ޔާމީން ޕްރޮމޯޓްކޮށްގެން ރައްޔިތުންނަށް ދޮގު ހަދާ، އިންޑިއާ އައުޓް ކެމްޕެއިންގެ ދޮގު މެނިފެސްޓޯ ވިއްކާ، ރާއްޖޭގެ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދާނެ ކަމުގެ ދޮގު ވައުދުވެފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ރައީސް މުއިއްޒުގެ ސަބަބުން ދޮގު ހެދުމާއި އޮޅުވާލުމަކީ މިއަދު ގައުމީ ރުކުނެއް ކަމަށާއި ހަޑި ހުތުރު އެއްޗެހި ކިޔުމަކީ މިއަދު މި ސަރުކާރުގެ ސުންނަތް ކަމަށް ޖަމީލް ވިދާުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved