March 12, 2026
Advertisement
ހަމަލާތަކުގެ ތެރެއިން
ހަމަލާތަކުގެ ތެރެއިން / ސޯޝަލް މީޑިއާ

އީރާގުން ސަހްޔޫނީންނަށް ތެރެއަށް ޑްރޯން ހަމަލާއެއް ދީފި

Aminath Zara
އައިމިނަތު ޒާރާ
Oct 5, 2024, 05:46 PM
މާލެ ސިޓީ

އީރާގުން ސަހްޔޫނީންގެ އުތުރަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކެއެއްގައި، އެ ގައުމުގެ 2 ސިފައިން މަރާލައި އިތުރު 24 ސިފައިން ޒަހަމްކޮށްލައިފިއެވެ.

Advertisement

އީރާގުގެ މި ހަމަލާގައި މަރުވެފައިވަނީ ސާޖަންޓް ޑެނިއަލް އަވީވް ހައިމް ސޯފަރ އާއި ކޯޕްރަލް ޓަލް ޑްރޯރއެވެ. މިއާއިއެކު، ސަހްޔޫނީން ހާމަކުރި ގޮތުގައި، މި ހަމަލާގައި އަނިޔާވި 24 ސިފައިންގެ ތެރެއިން ދެ ސިފައިންގެ ހާލަތު ވަރަށް ސީރިއަސްއެވެ.

ސަހްޔޫނީންނަށް އަމާޒުކޮށް 2 ޑްރޯން ހަމަލާ ފޮނުވާލިއިރު، އެ މީހުންނަށް މަތަކުރެވުނީ އެންމެ ޑްރޯން އެކެވެ. އަނެއް ޑްރޯންވަނީ ސަހްޔޫނީން ހިފާފައިވާ ސީރިއާގެ ގޯލަން ހައިޓްސްގައި ހުރި ސިފައިންގެ ބޭސް އެއްގައި ޖެހިފައެވެ.

މި ހަމަލާދިން އިރު، ސަހްޔޫނީންގެ އެއަރ ޑިފެންސް ސިސްޓަމްތަކަށް ޑްރޯން ޑިޓެކްޓް ނުކުރެވުމުގެ ސަބަބުން ރޮކެޓް އިންޒާރުގެ ސައިރަންތައް އެކްޓިވޭޓް ކުރުމަށް އެމީހުން ވަނީ ފެއިލްވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved