April 16, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ރައީސް އޮފިސް

ސަރުކާރުން ކުރާ ނޭދެވޭ ކަންކަމުގެ ވާހަކަ ހާމަކުރަމުންގެންދާތީ ރައީސް މުއިއްޒު ކަންބޮޑުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Oct 5, 2024, 06:34 PM
މާލެ ސިޓީ

ސަރުކާރުން ހިންގަވާ ކޮރަޕްޝަނާ ހިޔާނާތުގެ ވާހަކަތައް ރައްޔިތުންނާ ހަމަޔަށް ސަރުކާރު ޖަވާބުދާރީ ކުރުވާ ނޫސްތަކުން ތިލަކުރަމުންގެންދާތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

Advertisement

ރައީސް މުއިއްޒު މި މޭރަމުން ވާހަކަދައްކަވާފައި ވަނީ ރާއްޖެ އިސްލާމްވިތާ 898 ވަނަ އަހަރު ފުރުން ފާހަގަ ކުރަން މިއަދު ބޭއްވި ޖަލްސާގައެވެ. އެމަނިކުފާނު ވަނީ 27 މިނެޓުގެ ތަގްރީރެއްކުރައްވާފައެވެ.

އެގޮތުން ރައީސް މުއިއްޒުގެ ތަގުރީރުގައި ފާހަގަ ކުރެއްވީ ދޮގާއި ދޮގު ހަބަރު ފެތުރުމަކީ މުޖްތަމައުގައި މޫލާފައި އޮތް އެންމެ ބޮޑު އެއް ހަލާކުގެ ގޮތުގަ އެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސަރުކާރުން ކުރަމުންގެންދާ ނޭދެވޭ ކަންކަން ހާމަކުރަމުންދާއިރު ސަރުކާރުން އަންނަނީ އެކަންކަން އެއީ ދޮގުކަމަށް ބުނެ ބޮޑެތި ދޮގުތައް ހަދަމުންނެވެ. އެންމެ ދިގުކޮށް ރައީސް މުއިއްޒު ދެއްކެވީ ވެސް ދޮގާއި ދޮގު ހަބަރުގެ ވާހަކަތަކެވެ.

އެމަނިކުފާނުގެ 27 މިނެޓްގެ ވާހަކަފުޅުގައި ދޮގުތަކުގެ ވާހަކަޔާއި ދފޮގު ޚަބަރު ފެތުރުމުގެ ވާހަކަތައް ދެއްކެވި އިރު އެމަނިކުފާނު އިސްވެ ހުންނަވާ ހެއްދެވީ ކިތައް ދޮގުތޯ އައްސަވާ މީސްމީޑިޔާގައި އެކި އެކި ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved