April 23, 2026
Advertisement
ނުރައްކާތެރިކޮށް ދުއްވި ލޯންޗްތައް
ނުރައްކާތެރިކޮށް ދުއްވި ލޯންޗްތައް / ސޯޝަލް މީޑިއާ

ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ފުލުހުން ބަލަނީ

Aminath Zara
އައިމިނަތު ޒާރާ
Oct 5, 2024, 07:57 PM
މާލެ ސިޓީ

ނުރައްކާތެރިކޮށް ދެ ލޯންޗެއް ދުއްވާ ވީޑިއޯއެއް މީސްމީޑިޔާގައި އާންމުވުމާއި ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

Advertisement

ފުލުހުން ބުނެފައިވަނީ ނުރައްކާތެރިކޮށް ރޭސް ޖަހާގޮތަށް ދެ ލޯންޗެއް ދުއްވި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ދައުރުވަމުންދާ ވީޑިއޯ އިން ފެނިގެންދާ ލޯންޗުތަކަކީ މިދިޔަ އޮގަސްޓް 13 ވަނަ ދުވަހު އއ.އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއްކަން ހޯދިފައިވެއެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް ފަރުދަކު ހައްޔަރުކޮށްފައިނުވެއެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެނިގެންދަނީ "ނަސްރު" ނަމަކަށް ކިޔާ ލޯންޗަކާއި "ރިލެކްސް ގޯލްޑު" ނަމަކަށް ކިޔާ ލޯންޗެއް ރޭސް ޖަހާ ގޮތަށް ބާރު ސްޕީޑުގައި ދުއްވާ މަންޒަރެވެ. މި ދެލޯންޗުގެ ފަހަތުން "ރަމްޒު ކުއީން" ނަމަކަށް ކިޔާ ލޯންޗެއް ވެސް ނެރުން ވަދެގެން އައިތަން ވީޑިއޯ އިން ފެނެއެވެ.

މިފަދަ ކަންތައްތަކަކީ ފަރުވާ ކުޑަކުރެވިއްޖެނަމަ ފުރާނައަށް ނުރައްކާވާ ފަދަ މައްސަލަތަކެއް ކަމަށް ފާހަގަކުރަމުން މިފަދަ ކަންކަން މަޖަލަށްވެސް ނުކުރުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved