March 22, 2026
Advertisement
ޑރ. ޖަމީލު. ރައީސް ޔާމީން އަރިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.
ޑރ. ޖަމީލު. ރައީސް ޔާމީން އަރިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. / ދަ އެޑިޝަން

އަދުރޭ އަކީ ވިހަގަދަ ހަރުފައެއް: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Oct 6, 2024, 04:40 PM
މާލެ ސިޓީ

މަޖިލިސް ރައީސް އަބްދުއްރަހީމް (އަދުރޭ) ވިހަގަދަ ހަރުފައެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ސިފަކުރައްވައިފިއެވެ.

Advertisement

އަދުރޭ ވިހަގަދަ ހަރުފައެއްގެ ގޮތުގައި ޑރ ޖަމީލް ސިފަކުރައްވާފައި ވަނީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޑރ ޖަމީލް ވިދާޅުވީ ގޭތެރޭ ގެންގުޅޭ ވިހަ ހަރުފައަކީ ކޮންމެ ވަގުތަކުވެސް ކަށިޖަހާފާނެ ނުރައްކާތެރި އެއްޗެއްކަމަށެވެ.

އަދުރޭ ރައީސް ޔާމީނުގެ ގޭގައި ނިދައި ކައިބޮއެ އުޅުމަށްފަހު، ރައީސް ޔާމީންގެ ބަދަލުގައި ޖަލުގައި ބާއްވާށޭ ބުނެފައި، އެމަނިކުފާނަށް ލަނޑުދީފަ، މިހާރު ރާވަނީ ރައީސް މުހައްމަދު މުއިއްޒަށް ކެހިދޭންކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ އަދުރޭގެ ހުންނަ މަކަރު ހެދުމާއި އޮޅުވާލުމުގެ ސިފަ ހާމަކޮށްދެއްވާފައެވެ.

އިތުރަށް ޑރ ޖަމީލް ވިދާޅުވީ އަދުރޭ އުޅެނީ ސަރުކާރުގެ މެމްބަރުންގެ ފެކްޝަން ހަދައި މުރައިދޫގޭގައި މަޖްލިސް ފަސާދަ ކުރުމަށް އަވަދި ނެތިކަމަށެވެ.

ދިވެހީންގެ ރާއްޖެެއެއް ހޯދޭނީ 15 އަހަރުވަންދެން ވެރިކަން ކުރެވިގެން ކަމަށް ވިދާޅުވުމާއެކު ހާމަވެގެންދިޔައީ އަދުރޭގެ ހަގީގަތްކަމަށް ބުނެ ގިނަ ފަރާތްތަކުން އަންނަނީ މީސްމިޑިޔާގައި ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved