April 23, 2026
Advertisement
ގެއްލިގެން ހޯދަމުންދާ ތަސްލީމް
ގެއްލިގެން ހޯދަމުންދާ ތަސްލީމް / ސޯޝަލް މީޑިއާ

ތަސްލީމް ގެއްލުން: އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފި

Aishath Naja
އައިޝަތު ނަޖާ
Oct 6, 2024, 07:34 PM
މާލެ ސިޓީ

މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު (43އ) ހޯދަން އިންޓަޕޯލުން މިދިޔަ މަހު ޔެލޯ ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Advertisement

 މިދިޔަ މަހު ފުލުހުން ބުނެފައި ވަނީ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.

މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ ތަސްލީމް ގެއްލުނު މައްސަލައިގެ ޔެލޯ ނޯޓިސް މިދިޔަ މަހުގެ 12 ވަނަ ދުވަހު އިންޓަޕޯލުން "ޕަބްލިޝް" ކޮށްފައިވާ ކަމަށެވެ.

އިންޓަޕޯލް މެދުވެރިކޮށް ޕަބްލިޝްކުރާ ނޯޓިސްތަކަކީ އިންޓަޕޯލް މެމްބަރު ހުރިހާ ގައުމަކަށް ވެސް ފެންނަ ގޮތަށް ޕަބްލިޝްކުރާ ނޯޓިސްއެއް ކަމަށް ފުލުހުން ބުންޏެވެ.

މައްސަލަ އާ ގުޅިގެން ފުލުހުން އިތުރަށް ބުނެފައި ވަނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 1:20 ހާއިރު ކަމަށެވެ. އަދި ރިޕޯޓު ކުރުމާއެކު ތަސްލީމުގެ އެއްވެސް މައުލޫމާތެއް ލިބޭތޯ ފުލުހުން މަސައްކަތް ފެށި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved