ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުގައި އެމަނިކުފާނާއެކު 50 މީހުންގެ ބޮޑު ވަފުދެއް ގޮސްފައިވާކަން ހާމަވެއްޖެއެވެ.
"ތޭރަ އޮންލައިން" އަށް މައުލޫމާތު ލިބުނުގޮތުގައި ރައީސް މުއިއްޒާއެކު އިންޑިއާއަށް ވަޑައިގަންނަވާ މިނިސްޓަރުންނަކީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހެލްތު މިނިސްޓަރު އަހުމަދު ނާޒިމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް އެވެ.
އޭގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ގިޔާސް އާއި ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު ވެސް ރައީސް މުއިއްޒާއެކު ދަތުރު ކުރައްވާނެ އެވެ. އެ ވަފުދާއެކު ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވެސް ވަޑައިގަންނަވާނެ އެވެ.
އަދި އޭގެއިތުރުން ސަރުކާރަށް ސަނާ ކިޔާ ދެތިން ނޫހަކުން ވެސް މި ދަތުރުގައި ބައިވެރިވެއެވެ.
މި ދަތުރު ރައީސް މުއިއްޒު ކުރައްވަނީ އިންޑިޔާއަށް ސަލާން ޖެހުމަށްޓަކައި ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.