April 30, 2026
Advertisement
މިސައިލްތައް
މިސައިލްތައް / ސީ.އެން.އެން

ސަހްޔޫނީންގެ ހަމަލާއެއްގައި ހިޒްބުاللهގެ އިތުރު ކޮމާންޑަރަކު ޝަހީދުކޮށްލައިފި

Aminath Zara
އައިމިނަތު ޒާރާ
Oct 6, 2024, 11:22 PM
މާލެ ސިޓީ

ލުބުނާނުގެ ޖަމާއަތެއްކަމަށްވާ ހިޒްބުالله ގެ އިތުރު އިސް ކޮމާންޑަރަކު ސަހްޔޫނީންގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފި ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

Advertisement

އެގައުމުގެ އަސްކަރިއްޔާއިން ބުނީ ލުބުނާނަށް ދިން ހަމަލާއެއްގައި ޝަހީދުކޮށްލީ ކްފަރުކެލާ ކުންފުނީގެ ކޮމާންޑަރު ހާދަރު އަލީ ތަވީލް ކަމަށެވެ.

އޭނާ ޝަހީދުކޮށްލިކަން ސަހްޔޫނީންގެ އަސްކަރިއްޔާއިން އިއުލާނު ކުރި ނަމަވެސް އެކަމާއި ގުޅިގެން އަދި މިހާތަނަށް ހިޒްބުاللهއިން ބަހެއް ބުނެފައެއް ނުވެއެވެ.

ސަހްޔޫނީން ލުބުނާނަށް ދެމުންދާ ވަރުގަދަ ހަމަލަތާކުގައި ހިޒްބުاللهގެ މަތިފަޑީގެ އެތަކެއް ކޮމާންޑަރުންތަކެއް ދަނީ ޝަހީދުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved